Sunday, 26 July 2026
Ads by

ފުނަވަލަށް ގެއްލުން ނުވާނޭހެން ޓަވަރު އަޅާ ސަރަހައްދު ބަދަލުކޮށްފި

ފުނަވަލަށް ގެއްލުން ނުވާނޭހެން ޓަވަރު އަޅާ ސަރަހައްދު ބަދަލުކޮށްފި

ވިލިމާލޭގައި ތަރައްގީކުރާ ހައުސިންގ ޔުނިޓްތައް އެޅުމަށް މީގެ ކުރިން ކަނޑައެޅި ސަރަހައްދު---

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު ވިލިމާލެ ސްޓެލްކޯ ސައިޓް ސަރަހައްދުގައި ތަަރައްގީކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

Ad Image
Ads by

ވިލިމާލޭގައި ތަރައްގީކުރާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމާފައި މިވަނީ، މީގެ ކުރިން މި ޓަވަރުތައް ތަރައްގީކުރާ ސަރަހައްދުގައި ހުރި ފުނަގަސްތައް ކަނޑަންޖެހޭތީ، އެކަން އެގޮތަށް ނުކުރުމަށް ގޮވާލައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކާއި އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން މީގެ ކުރިން ބުނެފަިއވަނީ، މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ، ބޮޑެތި ގަސްތައް ނުކަނޑައި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަލަށް ގެނެވުނު ބަދަލުތަކާއިއެކު، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތިން ޓަވަރުގެ ތެރެއިން ދެ ޓަވަރެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ވިލިމާލޭ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައެވެ. ތިންވަނަ ޓަވަރު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދުގައެވެ.

ވިލިމާލޭގައި ތަރައްގީކުރާ 17 ފަންގިފިލާގެ ތިން ޓަވަރުގައި ޖުމުލަ 300 ހައުސިން ޔުނިޓް ހިމެނެއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ދެކެއެވެ.

މި ޓަވަރުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި