Wednesday, 9 September 2026
Ads by

ފުޓްސަލް ރޭންކިންގަ ރާއްޖެ 99 އަށް، ޔޫރަޕުގެ ބައެއް ގައުމުތަކަށް ވުރެ ކުރީގައި

ފުޓްސަލް ރޭންކިންގަ ރާއްޖެ 99 އަށް، ޔޫރަޕުގެ ބައެއް ގައުމުތަކަށް ވުރެ ކުރީގައި

ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައި، ޔޫރަޕުގެ ބައެއް ބޮޑެތި ގައުމުތަކަށް ވުރެ ކުރިއަށް ޖެހިލައިފިއެވެ. ދުނިޔޭގެ ފުޓްސަލްގެ އެންމެ ފަހުގެ ރޭންކިން މިއަދު އާންމުކޮށްފައިވާއިރު، ރާއްޖެ މިވަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ގަދަ 100 ގައުމުގެ ތެރޭގައި ހިމެނިފައެވެ.

Ad Image
Ads by

ޖުމްލަ 143 ގައުމެއް ހިމަނައިގެން އާންމުކޮށްފައިވާ މި ރޭންކިންގައި ރާއްޖެ 99 ވަނައިގައި އޮތީ 914.49 ޕޮއިންޓާއެކުގައެވެ. މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

ރާއްޖެއިން މި ހޯދި ކުރިއެރުމާއެކު، ޔޫރަޕުގެ ފާހަގަކޮށްލެވޭ ގިނަ ގައުމުތަކެއް ވަނީ ރާއްޖެއަށްވުރެ ފަހަތަށް ގޮސްފައެވެ. އެގޮތުން ތުރުކީ 109 ވަނައިގައި (872.07 ޕޮއިންޓް) އޮތްއިރު، ގްރީސް އޮތީ 112 ވަނައިގައެވެ. މީގެ އިތުރުން އެސްޓޯނިއާ (113 ވަނަ)، ނޮދަން އަޔަލޭންޑް (117 ވަނަ)، ސްވިޒަލޭންޑް (120 ވަނަ)، ޖިބްރޯލްޓާ (127 ވަނަ) އަދި ސަން މަރީނޯ (131 ވަނަ) ވެސް އޮތީ ރާއްޖެއަށްވުރެ މާ ފަހަތުގައެވެ.

ސަރަޙައްދީ ގައުމުތަކަށް ބަލާއިރުވެސް ރާއްޖެ އޮތީ ބޮޑު ތަފާތަކުން ކުރީގައެވެ. ނޭޕާލް 110 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 130 ވަނައިގައެވެ. އަދި ޕާކިސްތާން، ބަންގްލަދޭޝް އަދި ސްރީލަންކާ އޮތީ ރޭންކިންގެ އެންމެ ފުލުގައެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިންގްލޭންޑާ ރާއްޖެއާ ދެމެދު އޮތް ކުޑަ ފަރަގެވެ. އިންގްލޭންޑް 97 ވަނައިގައި އޮތްއިރު، ރާއްޖެއާ އެ ގައުމާ ދެމެދު އޮތީ އެންމެ 3.26 ޕޮއިންޓުގެ ފަރަގެކެވެ. އަދި 98 ވަނައިގައި އޮތް އިސްރާއީލާ ރާއްޖެއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

ރާއްޖޭގެ ރޭންކިންއަށް މި ބޮޑު ކުރިއެރުމެއް އައީ ދާދިފަހުން ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުނު ހަ މެޗުންވެސް މޮޅުވެ، ބަލިނުވެ މުބާރާތް ނިންމާލައިފައެވެ.

ކުރިން ރޭންކިންގެ 100 އިން ބޭރުގައި އޮތް ރާއްޖެ، މިހާރު 99 ވަނައަށް ޖެހިލުމަކީ ކުޅިވަރުގެ ވަސީލަތްތައް މަދު ކުޑަ ޖަޒީރާ ގައުމަކަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މިއީ ދިވެހި ކުޅުންތެރިންގެ އަޚްލާޤާއި، ބުރަ މަސައްކަތާއި، އެއް ފެންވަރެއްގައި ހިފަހައްޓަމުންދާ ކުޅުމުގެ ފޮނި ނަތީޖާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި