Wednesday, 9 September 2026
Ads by

ހަންޓާވައިރަސްގެ ބިރުވެރިކަން އޮތީ ކިހާވަރަކަށްބާ؟

ހަންޓާވައިރަސްގެ ބިރުވެރިކަން އޮތީ ކިހާވަރަކަށްބާ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސިންޖަރުން އުފުލި ކްރޫޒް ޝިޕެއްގައި ހެންޓާވައިރަސް ފެތުރެމުންދާ ދިއުމަކީ ކަމާބެހޭ ފަރާތްތަކުން ނުހަނު ސީރިއަސްކޮށް ބަލަމުންދާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފިއެވެ.

Ad Image
Ads by

މީގެ މަހެއްހާ ދުވަސް ކުރިން އާޖެންޓީނާއިން ފުރި މި އުޅަނދުގައި ދަތުރުކުރަނިކޮސް ނުވަތަ އެ އުޅަނދުން ދަތުރުކުރުމަށްފަހު ތިން ފަސިންޖަރަކު މިހާތަނަށް ވަނީ މަރުވެފައެވެ. މީގެ އިތުރުން، އިތުރު ހަތަރު މީހަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ ކުއްލި ހާލަތުގައި އުޅަނދުން ބާލާފައެވެ.

މި ވައިރަހަށް ހުށަހެޅިފައިވުން އެކަށީގެންވާ މީހުން ދެނެގަތުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި މިހާރު ފްލައިޓްތަކުގައި އެނބުރި ގައުމަށް ގޮސްފައިވާ މީހުންވެސް މޮނީޓަރ ކުރުން ހިމެނެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ދެކުނު އެފްރިކާ، ނެދަލޭންޑްސް، އެމެރިކާ އަދި ސްވިޒަލޭންޑުގެ މީހުން ހިމެނެއެވެ.

ބުރާސްފަތި ދުވަހު ދީފައިވާ އަޕްޑޭޓެއްގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ޑޮކްޓަރު މާރިއާ ވެން ކާކޯވް ބުނެފައިވަނީ މިއީ އާލަމީ ވަބާއެއްގެ ފެށުން ނޫން ކަމަށެވެ. ”މިއީ ކޮވިޑެއް ނޫން، މިއީ އިންފްލުއެންޒާއެއްވެސް ނޫން، މިއީ ފެތުރޭ ގޮތް މާ ތަފާތު އެއްޗެއް،“ އޭނާ ބުނެފައި ވެއެވެ.

ހިމަބިހި ފަދަ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކާ ހިލާފަށް، މި ފެތުރުމުގެ ފަހަތުގައިވާ ”އެންޑީސް ސްޓްރެއިން“ ގެ ހެންޓާވައިރަސް އެހާ ބާރަށް ފެތުރޭ އެއްޗެއް ނޫނެވެ. އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް ބަލި އެރުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ދުނިޔޭގެ ފެންވަރުގައި މި ބަލި ފެތުރުމުގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
flat
އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި