ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވި މެސެޖެއްގައި، ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މި މެސެޖުގައި ވިދާޅުވީ، ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށެވެ. އަދި ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށްމެ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ގައުމެއް ބިނާކުރުމަށް ރައީސް ބާރުއެޅުއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީވެސް އަޅުގަނޑުމެންގެ އަމިއްލަ ދަރިންނާއި އާއިލީ މެންބަރުންގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ. އެގޮތުން، އެ އާއިލާތަކަށް ބޭނުންވާނެ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް. ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ޤައުމެއް ބިނާކުރުމަށް.
ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ… pic.twitter.com/SEQZ0m47Bt
— Dr Mohamed Muizzu (@MMuizzu) May 8, 2026
ތެލެސީމީ ދުވަސް ކޮންމެ އަހަރެއްގެ މޭ މަހުގެ 8ވަނަ ދުވަހު ފާހަގަކުރެއެވެ. މި ދުވަސް ފާހަގަކަރަނީ މި ބައްޔަށް ހޭލުންތެރިކަން އިތުރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ތެލެސީމީއާ ތަހައްމަލުކުރުމުގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގައި ހަނދާނުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް“ މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން“ މިއެވެ.
ތެލެސީމިއާ ކުދިންގެ ދުޅަހެޔޮކަމަށާއި އެ ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުމާއި، ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކެކެވެ.














