Wednesday, 9 September 2026
Ads by

ރައީސްގެ 5 ދަތުރުފުޅަކަށް ހަރަދުވި އަދަދު ސަރުކާރުން ހާމަކުރައްވައިފި

ރައީސްގެ 5 ދަތުރުފުޅަކަށް ހަރަދުވި އަދަދު ސަރުކާރުން ހާމަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފަސް ދަތުރުފުޅަކަށް ހަރަދުވި ފައިސާގެ ތަފްސީލު ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހާމަކުރައްވައިފިއެވެ.

Ad Image
Ads by

މި ތަފްސީލުތައް މުންދު ހާމަކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބަލަދަލުވުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ (އާރްޓީއައި) ދަށުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުންދު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ރައީސް އޮފީހަށް ޖުމްލަ 288 އާރްޓީއައި ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 233 އާރްޓީއައިއަކަށް މިހާރު ޖަވާބު ދީފައިވާ ކަމަށާއި، ބާކީ ހުރި ކަންކަމުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ހާއްސަ ޝައުގުވެރިކަމެއް ހުންނަ ދާއިރާއަކީ ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުތައްކަން ފާހަގަކުރައްވަމުން، މުންދު ވަނީ ފަސް ދަތުރުފުޅެއްގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ހާމަކުރެއްވި ހިސާބުތަކަކީ:

މެލޭޝިއާ ދަތުރުފުޅު (27 އޭޕްރިލް 2025): 245,170 ރުފިޔާ
ސިންގަޕޫރު ދަތުރުފުޅު (29 ޖޫން 2025): 2.272 މިލިއަން ރުފިޔާ
އިނގިރޭސިވިލާތުގެ ދަތުރުފުޅު (15 ޖުލައި 2025): 1.571 މިލިއަން ރުފިޔާ
ޤަޠަރުގެ ދޯހާ ދަތުރުފުޅު (14 ސެޕްޓެމްބަރު 2025): 570,971 ރުފިޔާ
އިނގިރޭސިވިލާތުގެ ދަތުރުފުޅު (29 ނޮވެމްބަރު 2025): 807,411 ރުފިޔާ

ދަތުރުފުޅުތަކުގެ މަޢުލޫމާތު ހާމަކުރުމުގައި ލަސްތަކެއް ދިމާވާ ސަބަބާ ގުޅޭގޮތުން މުންދު ވިދާޅުވީ، އެފަދަ މަޢުލޫމާތުތަކަކީ ވަގުތުން ވަގުތަށް ދެވޭނެ މަޢުލޫމާތުތަކެއް ނޫން ކަމަށެވެ. ނަމަވެސް، ބޭނުންވާ ތަފްސާހިސާބުތައް ލިބެމުންދާ ވަރަކަށް އެ މަޢުލޫމާތުތައް ނޫސްވެރިންނާ ހިއްސާކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި