Sunday, 26 July 2026
Ads by

ވެފައިވާ ވައުދުތަކަށް ‏ވަގުތާއި ހާލަތައް ބަލާފައި ބަދަލު ގެންނާނެ: މުންދު

ވެފައިވާ ވައުދުތަކަށް ‏ވަގުތާއި ހާލަތައް ބަލާފައި ބަދަލު ގެންނާނެ: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވެފައިވާ ބައެއް ވައުދުތަކަށް އެ އިރެއްގައި އޮންނަ ހާލަތަކާއި ވަގުތަކާއި ގުޅިގެން ބަދަލު އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ޕްރެސަރ ވިތް ސްޕޮކްސްގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މުންދު ވިދާޅުވީ، ވެފައިވާ ބައެއް ވައުދުތަކަށް އެ އިރެއްގައި އޮންނަ ހާލަތަކާއި ވަގުތަކާއި ގުޅިގެން ބަދަލު އަންނާނެ ކަމަށައި އެގޮތުގެ މަތިން މިހަރު ވެސް ބައެއް ވައުދުތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތައް ޕަބްލިޝްކުރެވިފައިވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެ ވައުދުފުޅުތަކަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވައުދުފުޅުތަކެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރެއްވުމަކީ ވެސް ރައީސްގެ ވައުދުފުޅެއްކަން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، އިންތިގާލީ މަރުހަލާގައި ހާމަކޮށްފައިވާނެ ކަމަށާއި، ނަމަވެސް ވެރިކަމާ ހަވާލުވުމަށްފަހު ބައެއް ކަންކަން ރިވައިސް ކުރެވިފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

”ވައުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޗުއޭޝަންއަށް ބަލާފައި. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޗުއޭޝަން. އެމްބިޝަސްވެސް ކޮށްފައި ހުންނާނެ ބައެއްކަންކަން. 700 އަކީ އޭރުގައި ނެރުނު ފިގާއެކޭ. ވައުދުތަކުގެ ގޮތުގައި ހުރިހާ ވަޢުދެއް ހުންނާނެ ލިސްޓްކުރެވިފައި.“ – އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރިޔާސީ ބަޔާންތަކުގައި ވެސް އެމަނިކުފާނު ވައުދުތައް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެފަދަ ކަންކަމަކީ އެއިރެއްގައި އޮންނަ ހާލަތަކާއި ވަގުތާއި ގުޅިގެން ބަދަލު އައިސްދާނެ ކަންކަން ކަމަށެވެ. ހަމައެހެންމެ އެސްއޯއީތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް ނިންމައި އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް މުންދު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި