Saturday, 24 October 2026
Ads by

މިހާތަނަށް 233 އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބުދީފައިވޭ: މުންދު

މިހާތަނަށް 233 އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބުދީފައިވޭ: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުންދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިހާތަނަށް 233 އާރްޓީއައިއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖަވާބުދީފައިވާ ކަމަށް އެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ޕްރެސަރ ވިތް ސްޕޮކްސްގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މުންދު ވަނީ މިކަމާ ގުޅިގެން ދިމާވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން، ގިނަ ފަހަރަށް އާރްޓީއައި ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް އާރްޓީއައި ހުށަހެޅުމާއި، މައުލޫމާތު ހޯދަން ބޭނުންވާ މުއައްސަސާ ނޫން އެހެން މުއައްސަސާތަކަށް ހުށަހެޅުންތައް ފޮނުވަމުންދާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، މިކަމުގެ ސަބަބުން މައުލޫމާތު ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ އާރްޓީއައިތަކުގެ ތަފްސީލު ހިއްސާކުރައްވަމުން މުންދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ޖުމުލަ 180 އާރްޓީއައި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 170 ހުށަހެޅުމަކަށް ޖަވާބުދީފައިވާ ކަމަށެވެެ. މީގެ އިތުރުން، މި އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަހަރުގެ މިހާތަނަށް ލިބުނު 106 އާރްޓީއައިގެ ތެރެއިން 63 ހުށަހެޅުމަކަށް ވެސް ޖަވާބުދީފައިވާ އޭނާ ވިދާޅުވިއެވެ.

ޖަވާބު ނުދެވި އޮތް 55 އާރްޓީއައިތަކުގެ ތެރޭގައި، މިހާރު މައުލޫމާތު އެއްކުރަމުންދާ އަދި ވަގުތުން ޖަވާބު ދިނުމަށް ދަތި ހުށަހެޅުންތައް ހިމެނޭކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެފަދަ، ބައެއް މައުލޫމާތުތައް ހާމަކުރަން ދަތިވަނީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނުވަތަ މާލީ އެއްބަސްވުންތަކުގައި ހިމެނޭ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކާ ގުޅުންހުރި ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތަކެއް ހިމެނޭތީ ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ، ބައެއް މައުލޫމާތުތަކަކީ ދޫކުރެވެން ނެތް މައުލޫމާތު ނަމަވެސް، އޭގެ ތެރޭގައި ހިއްސާކުރެވޭނެ މައުލޫމާތައް ވެސް ހިމެނޭނެ ކަމަށާއި އެފަދަ މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި