Wednesday, 9 September 2026
Ads by

ބަންކަރިންގެ އާމްދަނީ ބިލިޔަނަކާ ގާތަށް!

ބަންކަރިންގެ އާމްދަނީ ބިލިޔަނަކާ ގާތަށް!

ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީ ބިލިޔަނަކާ ގާތްކުރާ އަދަދަކަށް އިތުރުވެފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad Image
Ads by

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 923.46 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

”30 އެޕްރީލް 2026 އާއި ހަމައަށް ލިބުނު އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 1 ބިލިޔަން ރުފިޔާއާއި ހަމައަށް އާމްދަނީ އެ އަރަނީ. ބަނދަރެއް ނެތި އޮފްޝޯކޮށް ފެށުނު މި މަސައްކަތުން މިހާ ބޮޑު ކުރިއެރުމެއް ލިބުމަކީ އިޤްތިޞާދަށް ލިބުނު ބޮޑު ކާމިޔާބީއެއް،“ ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތަކީ ރައީސް މުޢިއްޒު އިބްރާހީމްގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ. އެސްޓީއޯ މެދުވެރިކޮށް ދޭ މި ޚިދުމަތުގައި ބޭނުންކުރާ ތެލުގެ 90 އިންސައްތައަކީ ރާއްޖެއަށް މުޅިން އަލަށް އެތެރެކުރާ ތެލެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އަލަށް ތަޢާރަފްކުރި ’ލޯ ސަލްފަރ އޮއިލް‘ ގައެވެ.

ބަންކަރިން ޚިދުމަތުގެ ސަބަބުން އެސްޓީއޯގެ މާލީ ހާލަތަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން 5.49 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރެއިން ތެލުގެ ވިޔަފާރި ވަނީ ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެފައެވެ. އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު ވަނީ 18 މިލިޔަން ލީޓަރަށްވުރެ އިތުރުވެފައެވެ.

މި ޚިދުމަތް ރާއްޖޭގައި ކުރިއަށްގެންދަނީ ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގައި ނަން މަޝްހޫރު ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަރުކަޒަކަށް ހަދައި، ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި