Sunday, 26 July 2026
Ads by

އެފްޑީސީ ފުލެޓްތަކުގައި ރަށްވެހިކުރުމަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނެ: ހަމްދާން

އެފްޑީސީ ފުލެޓްތަކުގައި ރަށްވެހިކުރުމަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނެ: ހަމްދާން

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް---

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފުލެޓްތަކުގައި ރަށްވެހިކުރުމުގައި އެއްވެސް ހުރަހެއް މިހާރު ނޯންނާނެ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ހަމްދާން ވިދާޅުވީ، އެފްޑީސީގެ ފަރާތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާނެ ކަމަށާއި، މި ބައްދަލުވުމުގައި ފުލެޓް ލިބިފައިވާ ފަރާތްތައް ފުލެޓްތަކުގައި ރަށްވެހިކުރުމާ ގުޅޭގޮތުން ކައުންސިލަށް ބޭނުންވަނީ ކޮން ޑޮކިއުމެންޓޭޝަނެއްތޯ ސާފުކޮށްފައިވާނެ ކަމަށެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލާއިއެކު މަޝްވަރާތައް ކުރުމަށް އެފްޑީސީން ވަނީ ސިޓީ ކައުންސިލާއިއެކު އިއްޔެ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. އެ ބައްދަލުވުމަށްފަހު އެފްޑީސީގެ ފްލެޓްތަކުގެ ވެރިންނަށް އެ ފަރާތްތަކުން ދިރިއުޅޭ ފުލެޓުތަކުގައި ރަށްވެހިކުރުމަށް އެއްވެސް ހުރަހެއް ސިޓީ ކައުންސިލަކަށް މިހާރު ނޯންނާނެ ކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން އެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތްތަކަށް އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑްމެޕާއި އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓޭޝަނެއް ހުށަނާޅައި އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ނިޒާމެއް މިވަނީ ހަމަޖެހިފައި“ ހަމްދާން ޝަކީލް ވިދާޅުވިއެވެ.

އެފްޑީސީ ފުލެޓްތަކުގައި ރަށްވެހިކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ހަމްދާން ވިދާޅުވީ، ސިޓީ ކައުންސިލުން ވެސް މިކަމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި