Wednesday, 9 September 2026
Ads by

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ”މިތައިލްފެނިޑޭޓް“ މަނާ ލިސްޓުން އުނިކުރަން ކޮމިޓީން ފާސްކޮށްފި

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ”މިތައިލްފެނިޑޭޓް“ މަނާ ލިސްޓުން އުނިކުރަން ކޮމިޓީން ފާސްކޮށްފި

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ ”މިތައިލްފެނިޑޭޓް“ ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން އުނިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައާއި އެއްގޮތަށް، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޑޭޓް އުނިކުރުމަށް ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މި ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާތީ މި މައްސަލައިގައި ވަކިގޮތެއް ނިންމަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުގައި މިތައިލްފެނިޑޭޓް ހިމެނިފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި އެއީ މަނާ އެއްޗެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތުމުންނެވެ. މިއީ އަސާސީ ބޭހެއް ނަމަވެސް، ގާނޫނީ މިފަދަ ހުރަސްތަކާ ހުރެ ރާއްޖެއިން މި ބޭސް ލިބެން ނުހުންނަކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
flat
އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި