Wednesday, 9 September 2026
Ads by

ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނޫޅޭ: މުއްޠަލިބް

ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނޫޅޭ: މުއްޠަލިބް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު މުއްޠަލިބް ބައްލަވާލެއްވުން--- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މަސައްކަތް ހިނގާ ސައިޓަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ބްރިޖާއި ގުޅުވައިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ތަފާތު ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށެވެ. އެގޮތުން ބްރިޖުގައި އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ އެ ފަރާތްތަކުން ވާހަކަދައްކަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

”މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫން، މިއީ ޑިޒައިންކޮށްފައި އިންޖީނިއަރކޮށްފައި އޮތް ޕްރޮޖެކްޓެއް، މާނައަކީ ދުރުން ފެންނަ ގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީކީ، އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ، މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސްގެން ގުޅުވާ ސްޓްރަކްޗަރއަކަށް ވާތީ އެ ބުނާ ކަހަލަ ޑިފެކްޓް ހުރިނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރު ވެގެނެއް ނުދާނެ، އެހެންވީމާ މިއީ ކޮލިޓީގެ މައްސަލައެއް ނޫން، އަޅުގަނޑުމެންނަށް ފެންނަނީ ދުރުން އެއީ އިލޫޝަނެއް، މަސައްކަތް ދަނީ ބްރިޖުގައި އެ ބުނާ ބެންޑުތަކެއް ހުރެގެނެއް ނޫން،“ – މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖް ނިމިގެންދާއިރު އެ ބްރިޖް ވެގެންދާނީ އިމާރަތްކުރުމާއި އިންޖިނިއަރިންގެ އަޖައިބަކަށް ކަމަށާއި ސަބަބަކީ އެއީ އެހައިވެސް ބުރަ އަދި ބޮޑު މަސައްކަތެއް ކަމުގައިވާތީ ކަމަށެވެ. މީގެ އިތުރުން ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވި، އަންނަ 2027 ވަނަ އަހަރު މާލެއާއި ވިލިމާލެއާއި ދެމެދު ބްރިޖް މަތިން ދަތުރުކުރަން ފެށޭވަރުވާނެ ކަމަށް ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޫކުރި 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދޫކުރި 100 މިލިއަން ޑޮލަރުގެ ދަށުން ތަރައްގީކުރާ ތިލަމާލެ ބްރިޖަކީ އެ ގައުމުގެ އިންފްރާންސްޓްރަކްޗަރ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ އެފްކޮންސްއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް އެފްކޮންސްއާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. 2023 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ތިލަމާލެ ބްރިޖުގެ ނިމިފައިވަނީ އެންމެ 29 އިންސައްތަ މަސައްކަތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި