Sunday, 6 September 2026
Ads by

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެ

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ، ފުލުހުންނާއި އާއިލާގެ މަސައްކަތުން މިހާރު ފެނިއްޖެއެވެ.

Ad Image
Ads by

ފުލުހުން ގެއްލިގެން ހޯދަމުން ގޮސްފައިވަނީ މާލެ، ހމ. ފްލެޓްނަންބަރު 05-3-2، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި، އަލްޔާ މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 16 ގައެވެ.

އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރުއެވެ. އެ ކުއްޖާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަނެއް ފަށައި، ކުއްޖާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ.

ކުއްޖާ ގެއިން ނުކުތްއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި، މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެކެވެ.

ފުލުހުން މިއަދު ހާމަކުރި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ގެއްލިގެން ހޯދަމުންދިޔަ ޢާއިޝަތު އަލްޔާ ޢަލީ މިހާރު ވަނީ ފެނިފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް، ކުއްޖާ ފެނުނު ވަގުތާއި ތަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_8615
ޓްރެފިކް ޖޫރިމަނާ 5،000ރ. އަށް ވުރެ ބޮޑުވެއްޖެނަމަ ލައިސަންސް ބާތިލުކުރެވޭ ގޮތަށް ހަދައިފި
IMG_20260906_140507
ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
police
ހުޅުމާލެ ފޭސް2 ނިރޮޅުމަގުގައި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.