Sunday, 26 July 2026
Ads by

އާސަންދަ ބަޖެޓުގެ 60 އިންސައްތަ ފާމަސީތަކަށް، އެކަމަކު ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް!

އާސަންދަ ބަޖެޓުގެ 60 އިންސައްތަ ފާމަސީތަކަށް، އެކަމަކު ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް!

ރާއްޖޭގައި 800 އަށް ވުރެ ގިނަ ބޭސް ފިހާރަ ހުރިއިރު، އަދި އާސަންދައިގެ ބަޖެޓުގެ ބޮޑު ބައެއް ފާމަސީތަކުގެ ބިލަށް ދައްކާއިރު ވެސް، ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބުމަކީ މިހާރު ގައުމީ މައްސަލައަކަށް ވެފައިވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ޒީނިޔާ މިހެން ވިދާޅުވީ، ރާއްޖޭގައި ބޭސް ނުލިބޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ޖުމުލަ ބަޖެޓުގެ ގާތްގަނޑަކަށް 60 އިންސައްތަ ހޭދަކުރަނީ ފާމަސީތަކަށް ބޭހުގެ އަގު ދެއްކުމަށް ކަމަށެވެ. ނަމަވެސް، ބޭސް ސިޓީ ހިފައިގެން ފާމަސީތަކަށް ދިއުމުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އިންތިހާއަށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހަކަށް އާސަންދައިން ކަވަރޭޖު ދިން ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ގިނަ ބޭސްތައް ރާއްޖެއަށް އެތެރެނުކުރާކަން ވަނީ ހާމަވެފައެވެ. މިގޮތުން އެސްޓީއޯ ފާމަސޫޓިކަލްގެ ޕްލޭނިން މެނޭޖަރު ލިމްޔާ ވިދާޅުވީ، އެޕްރޫވްޑް ލިސްޓުގައި 5000 އެއްހާ ބޭސް ހުއްޓަސް، މިހާރު ރާއްޖެއަށް އެތެރެކުރެވެނީ އެންމެ 1300 ބޭސް ކަމަށެވެ.

ބޭސް ލިބުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ޒީނިޔާ އިތުރަށް ވިދާޅުވީ، ބައެއް ފާމަސީތައް ރަޖިސްޓްރީ ކުރާއިރު އަސާސީ ބޭސްތައް ހުރިތޯ ބެލުމުގެ ނިޒާމު ބަލިކަށި ކަމަށެވެ. އަދި ބޭސް ފިހާރަތަކުގެ ސްޓޮކް ބެލެހެއްޓުމާއި، ރާއްޖެއަށް ބޭސް އެތެރެކުރާ މިންވަރު ދެނެގަނެވޭނެ އެކަށީގެންވާ މެކޭނިޒަމެއް ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބައެއް ފާމަސީތަކުން ބޭހުގެ އަގުން 500 އާއި 600 އިންސައްތައާ ދެމެދުގެ ބޮޑު ނަފާއެއް ނަގަމުންދާ ކަމަށާއި، މިކަން ކޮންޓްރޯލް ކުރާނެ ނިޒާމެއް ނެތް ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އަދި އަގުހެޔޮ ބޭސް ދޫކުރުމަށްފަހު އާސަންދައަށް އަގުބޮޑު ބޭހުގެ ބިލް ހުށަހަޅާ މައްސަލަތައް ފާހަގަކުރެވޭ ކަމަށާއި، ބޭސް އެތެރެކުރާ ފަރާތްތަކުން އަމިއްލައަށް ބޭސް ހިފައިގެން އައުމުގެ ސަބަބުން ބާޒާރުގައި ހުންނަ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ’ބަލްކް ޕްރޮކިއުމެންޓް‘ ނިޒާމެއް ތައާރަފުކުރި ނަމަވެސް، އެ ނިޒާމުގެ ތެރެއިން މިހާތަނަށް ގެނެވިފައިވަނީ ވަރަށް މަދު ބޭހެއް ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ވިއްކާ ހުރިހާ ބޭހަކީވެސް ކޮލިޓީ ކަށަވަރު ކުރެވިފައިވާ ބޭސްތަކެއް ކަމުގެ އިތުބާރު އާސަންދައިން ވަނީ ރައްޔިތުންނަށް ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި