Sunday, 26 July 2026
Ads by

ތިލަމާލެ ބުރިޖުގެ އަދާހަމަ: މަޝްރޫއުގެ %72 މަސައްކަތް ނިމިއްޖެ

ތިލަމާލެ ބުރިޖުގެ އަދާހަމަ: މަޝްރޫއުގެ %72 މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖް---

ތިލަމާލެ ބްރިޖް މަޝްރޫއުގެ 72.17 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

Ad Image
Ads by

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެފަހުގެ ތަފްސީލު ހާމަކުރަމުން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މި ވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން ބްރިޖް ޑެކަށް ބޭނުންވާ ޖުމުލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާ ކަމަށާއި، މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް އިންސްޓޯލްކޮށް ނިންމާލެވިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ގުޅީފަޅުގައި ބްރިޖާއި ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، ތިލަފުށީގައި މި ވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއު އެއްކޮށް ނިންމާލެވޭނީ އަންނަ 2027 ވަނަ އަހަރުގެ ތެރޭގައި ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގައި މާލެއިން ފެށިގެން ގުޅީފަޅާއި ހަމައަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭނެ ތާރީހަކަށް މީގެ ކުރިން ދީފައި އޮތީ މި އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހެވެ. އަދި ގުޅީފަޅުން ފެށިގެން ތިލަފުއްޓާއި ހަމައަށް މަސައްކަތް ނިމޭނެ ތާރީހަކަށް ދީފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. ނަމަވެސް މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް މަޝްރޫއު ކުރިއަށްގެންދާ ކުންފުނި ކަމަށްވާ އެފްކޮންސްއަށް މި މަސައްކަތް އެއްކޮށް ނިންމާލުމަށް ވަނީ ނުކުޅެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި