Sunday, 25 October 2026
Ads by

އިމިގްރޭޝަނުން އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ބޭންކާއި ހިއްސާނުކުރޭ: ބީއެމްއެލް

އިމިގްރޭޝަނުން އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ބޭންކާއި ހިއްސާނުކުރޭ: ބީއެމްއެލް

ބީއެމްއެލްގެ މައި އިދާރާ---

މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހިއްސާނުކުރާ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފިއެވެ.

Ad Image
Ads by

ބީއެމްއެލްއިން މި މޭރުމުން ބުނެފައިވަނީ، ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، އެ ބޭންކުން އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ގާއިމްކޮށް އަމަލުކުރަން ފަށާފައިވާކަން ހާމަކޮށްފައިވަނިކޮށް، އެ ބޭންކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ދޮގުކުރަމުންނެވެ.

އެ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބީއެމްއެލްއިން ބުނެފައިވަނީ، އިމިގްރޭޝަނުން އެ ބޭންކަށް އެއްވެސް ކަސްޓަމަރެއްގެ އަމިއްލަ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި މި ނިޒާމު މެދުވެރިކޮށް ކަށަވަރުކޮށްދެނީ، ރާއްޖެއިން ބޭރުގައި މުއާމަލާތެއް ކުރާ ވަގުތު ކަސްޓަމަރަކީ ރާއްޖެއިން ބޭރުގައި ހުރި ފަރާތެއްތޯ ނުވަތަ ނޫންތޯ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، މަކަރާއި ހީލަތުން ހިންގާ މާލީ ކުށްތަކުން ކަސްޓަމަރުން ރައްކާތެރިކުރުން ކަމަށެވެ. ވަކިން ހާއްސަކޮށް، ކަސްޓަމަރަކު ރާއްޖޭގައި ހުއްޓައި، ރާއްޖެއިން ބޭރުގައި އެ ކަސްޓަމަރެއްގެ ކާޑު ބޭނުންކުރާ ހާލަތްތަކުން ރައްކާތެރިވުން ކަމަށް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

ބީއެމްއެލްއިން ވަނީ މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ކުރާނެ އަސަރުތަކަށް ވެސް އަލިއަޅުވާލައިފައެވެ. އެގޮތުން، މުއާމަލާތްތައް ހުއްދަކުރުމަކީ ބެންކިންގ ނިޒާމުގެ ތެރޭގައި އާންމުކޮށް ކުރާ ކަމެއް ކަމަށާއި، މިއީ އަލަށް ބޭންކަކުން ކުރި ކަމެއް ނޫން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި، ކުރެވޭ މުއާމަލާތްތަކަކީ ސައްހަ މުއާމަލާތްތަކެއްތޯ ބެލުމަކީ ބޭންކުތަކުން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، މި ބަދަލާއިއެކު އިތުރަށް ބެލޭނެ ހަމައެކަނި ކަމަކީ، ރާއްޖެއިން ބޭރުގައި، ކާޑު ބޭނުންކޮށްގެން މުއާމަލާތެއް ކުރާ ވަގުތު، ކަސްޓަމަރު ހުރީ ރާއްޖެއިން ބޭރުގައިތޯ އެކަނި ކަމަށާއި އެނޫން އެއްވެސް މައުލޫމާތެއް ނުބެލޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muizzu
ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައިފި
20261025_120539
އީރާނާ ދެކޮޅަށް ޓްރަމްޕު ކުރަމުންދާ ހަނގުރާމައަކީ އެމެރިކާގެ އަނެއް 'ނިމުމެއްނެތް ހަނގުރާމަ': ސެނެޓަރު ކްރިސް ވަން ހޮލެން
download - 2026-10-25T194343
ވަޓްސްއެޕުން ސްކޭމް ޖައްސައިގެން 32،000 ރުފިޔާ ފޭރުނު ތިން މީހަކު ބަންދުކޮށްފި
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި