Wednesday, 9 September 2026
Ads by

ކުޑަދަރިޔަކު ހުރި ކަމަށްބުނެ އީޝާވެސް ބަޔާނެއް ނުދިން، ވަކީލުން ބުނީ ބަޔާން ދެވޭނީ މާދަމާ ކަމަށް

ކުޑަދަރިޔަކު ހުރި ކަމަށްބުނެ އީޝާވެސް ބަޔާނެއް ނުދިން، ވަކީލުން ބުނީ ބަޔާން ދެވޭނީ މާދަމާ ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް ”އަދަދު“ އިން ގެނެސްދިން ”އައިޝާ“ ޑޮކިއުމަންޓަރީގެ މަސައްލައިގައި ބަޔާން ނެގުމަށް، ކުރިން ސަރުކާރުގެ ބައެއް މަގާމުތަކުގައި އުޅުން އައިޝަތު އީޝާ އަޝްރަފް ހާޒިރުކުރި ނަމަވެސް ބަޔާން ދޭން ދެކޮޅު ހަދައި މާދަމާއަށް އެކަން ފަސްކުރަން އެދެފިއެވެ.

Ad Image
Ads by

އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލައިގައި ސުވާލުކުރުމަށް، އީޝާ މިރޭ 9:00 ގައި ހާޒިރުކުރީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ، މިރޭ ބަޔާން ނުދޭ ކަމަށާއި އެއީ އީޝާއަކީ ކުޑަކުއްޖަކުވެސް ގެންގުޅޭ މަންމައަކަށްވެފައި މިރޭ ބަޔާން ދޭން އުޅެފިނަމަ އެކަން ދިގުލައިގެން ގޮސްދާނެތީ ކަމަށެވެ.

އެެހެންވެ މާދަމާގެ ގަޑިއަކު ބަޔާން ދޭން ހާޒިރުވާން އެދިފައިވާ ކަމަށާއި ފުލުހުންވެސް އެކަމަށް އެއްބަސްވެ ގަޑި ހަމަޖައްސައިދީފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ފުލުހުންވަނީ ޑޮކިޔުމެންޓްރީ އާއި އީޝާއާއި ގުޅުވޭ ހެއްކެއް ހޯދާފައިކަމަށްވެސް ވަކީލުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި އީޝާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި