Saturday, 24 October 2026
Ads by

ހުރިހާ ބާވަތެއްގެ ބޭސް ލިބޭނެ ބޭސް ފިހާރައެއް އައިޖީއެމްއެޗްގައި ތަރައްގީކުރަނީ

ހުރިހާ ބާވަތެއްގެ ބޭސް ލިބޭނެ ބޭސް ފިހާރައެއް އައިޖީއެމްއެޗްގައި ތަރައްގީކުރަނީ

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރު މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން ލިބެން ހުންނަ ހުރިހާ ބާވަތެއްގެ ބޭސް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ސަރުކާރުގެ ބޭސް ފިހާރައެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޑރ. ޝާހު މި މޭރުމުން ވިދާޅުވީ، ރާއްޖެއިން ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވާހަކަދައްކަވަމުންނެވެ. ޑރ. ޝާހު ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި އައިޖީއެމްއެޗުގައި ސަރުކާރުގެ ބޭސް ފިހާރަ ތަރައްގީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

”އަޅުގަނޑުމެން މި ބަލަނީ ހޮސްޕިޓަލަށް ބޭނުންވާ ބޭސްތައް އެތަނުގައި ބެހެއްޓޭތޯ, ދެން ވަގުތުކޮޅެއް ނަގާނެ މިކަން ސްޓްރީމްލައިން ކުރަން, ހަަމަ ގައިމު ވެސް ރާއްޖެއިން ލިބެންހުރި ހުރިހާ ބޭހެއް އެ ފާމަސީން ލިބޭނެ ގޮތަށް މިހާރު ބައްޓަން ކުރަމުން މިދަނީ،“ – ޑރ. ޝާހު ވިދާޅުވިއެވެ.

ޑރ. ޝާހު ވިދާޅުވީ، އައިޖީއެމްއެޗްގަައި އެޑްމިޓުކޮށްގެން ފަރުވާދޭ ފަރާތްތަކަށް ވެސް ސަރުކާރުގެ ބޭސް ފިހާރައިން ހުރިހާ ބޭހެއް ލިބޭނެގޮތް ފަހިކޮށްދޭނެ ކަމަށެވެ.

ރާއްޖެއިން ބޭސް ލިބުމުގައި ދަތިވާ މައިގަނޑު ސަބަބަކީ ބޭހުގެ ތަފާސްހިސާބުތަކެއް ވަގުތުން ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިފައި ނުހުންނާތީކަން ފާހަގަކުރައްވަމުން ޑރ. ޝާހު ވިދާޅުވީ، ހުސްވެފައިވާ ބޭސްތަކާއި، ބޭސްތައް ހުރި ތަންތަން އެނގޭނެ ގޮތަށް އެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ކުރެވިއްޖެނަމަ ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސްތައް ގެނައުން އަވަސްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭސްތައް ރާއްޖެއިން ލިބެން ނުހުުންނަ މައްސަލައަކީ، ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ގެންނަންޖެހޭކަން ފާހަގަކުރައްވަމުން ޑރ. ޝާހު ވިދާޅުވީ، އެ މައްސަލަ ވެސް ވަރަށް އަވަހަށް ހައްލުކުރެވިގެންދާނެ ކަމަށާއި އެކަން ހައްލުނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި