Sunday, 26 July 2026
Ads by

ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ޓީމޫ އާއި ޝީއިން ފަދަ ސައިޓްތަކުން ބޭނުންވަރަކަށް ވިޔަފާރިކުރެވޭނެ

ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ޓީމޫ އާއި ޝީއިން ފަދަ ސައިޓްތަކުން ބޭނުންވަރަކަށް ވިޔަފާރިކުރެވޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އެކައުންޓްތަކާ ގުޅުވާފައިވާ ކާޑުތައް ބޭނުންކޮށްގެން، ބައިނަލްއަގުވާމީ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ކަސްޓަމަރުން ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު ވިދާޅުވީ، ޓީމޫ އާއި ޝީއިން ފަދަ އޮންލައިން ވިޔަފާރި ކުރާ ސައިޓްތަކުން ޑޮލަރު އެކައުންޓްގައި ހުރި ފައިސާ ބޭނުންކޮށްގެން މުއާމަލާތް ކުރުމުގައި ބޭންކުން އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އެހެންކަމުން، ޑޮލަރު އެކައުންޓްތަކުން ކަސްޓަމަރުން ބޭނުންވާ މިންވަރަކަށް މިފަދަ ސައިޓްތަކުން ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުން އިތުރަށް ތަފްސީލް ކޮށްދެއްވި ގޮތުގައި، ބޭންކުން މިހާރު އަޅާފައިވާ ފިޔަވަޅަކީ ހަމައެކަނި ރުފިޔާ އެކައުންޓްތަކާ ގުޅުވާފައިވާ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ވަކި ލިމިޓަކަށް ކަނޑައެޅުމެވެ. މިއީ ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި އުސޫލެއްގެ ދަށުން ހަމަޖެއްސުމުގެ ގޮތުން ކުރާ ކަމެކެވެ.

ނަމަވެސް، ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޑޮލަރު އެކައުންޓް ބޭނުންކުރާ ކާޑުތަކުން ކުރާ އެއްވެސް މުއާމަލާތަކަށް މި ލިމިޓްތަކުގެ އަސަރެއް ނުކުރާނެއެވެ. މީގެ ސަބަބުން އޮންލައިންކޮށް ވިޔަފާރިކުރާ ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް އެމީހުންގެ ޑޮލަރު އެކައުންޓް މެދުވެރިކޮށް އެއްވެސް ދަތިކަމެއް ނެތި މުދަލަށް ފައިސާ ދެއްކުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

މި ނިންމުމަކީ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި ބެލެވެއެވެ. ހާއްސަކޮށް ޓީމޫ އާއި ޝީއިން ފަދަ ސައިޓްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ސައިޓްތަކަކަށް ވުމާއެކު، ޑޮލަރު އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް މީގެ ފައިދާ ވަރަށް ބޮޑަށް ކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި