Wednesday, 9 September 2026
Ads by

ބޭސްލިބުމުގައި ދަތިތަކާއި ކުރިމަތިވަނީ ބޭހުގެ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވާތީ: ޒީނިޔާ

ބޭސްލިބުމުގައި ދަތިތަކާއި ކުރިމަތިވަނީ ބޭހުގެ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވާތީ: ޒީނިޔާ

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޒީނިޔާ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާސަންދަ ނިޒާމުގެ ދަށުން ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، މިކަން މިހެން ދިމާވަނީ ބޭހުގެ ބްރޭންޑުތައް އަވަސް އަވަހަށް ބަދަލުވާތީ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒީނިޔާ މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ބޭސް ލިބުމުގައި އަދި ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ބޭހެއްގެ، އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދަ ދެނީ ރަޖިސްޓްރީވެފައިވާ ބްރޭންޑްތަކުގެ ބޭހަށް އެކަނިކަން ފާހަގަކުރައްވަމުން ޒީނިޔާ ވިދާޅުވީ، ބޭހުގެ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުމުން އެ ބްރޭންޑަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބްރޭންޑަށް ނުވުމުން އާސަންދަ ލިބުމަށް ދަތިވާ ކަމަށެވެ.

”މި ވާގޮތަކީ ބޭސް ސިޓީ ހިފައިގެން ދިޔައީމަ މި ބުނަނީ ތި ބޭހެއް އާސަންދައަކުން ދޫކުރެވޭކަށް ނެތޭ، ބަލައިލާއިރު މި އިންނަނީ މި ބޭހެއް ނީނދޭ އަޅުގަނޑުމެންނާއެކު އެ މީހުންގެ ރެޖިސްޓާވެފައި އިން ލިސްޓަށް ލައިފައެއް، އެ ފާމަސީއެއްގެ ވެސް ޒިންމާއެއް އެއީ އެ އެއްޗެހިތައް ސްކީމްގެ ތެރެއިން ޕްރޮވައިޑްކޮށްދިނުމަށް ލިސްޓަށްލުން އަސްލު އެ އަގުތަކާއެކޮށް ލާންޖެހޭނީ، ބްރޭންޑް އެހާ އަވަހަށް ބަދަލުވާއިރުގައި އޭގެ އެއްވެސް ކޮންޓްރޯލެއް ނެތް،“ – ޒީނިޔާ ވިދާޅުވިއެވެ.

ބޭހުގެ އަގުތައް ކޮންޓްރޯލް ކުރުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވަމުން ޒީނިޔާ ވިދާޅުވީ. ބައެއް ފާމަސީތަކުން ހެޔޮ އަގުގައި ބޭސް ވިއްކުމަށްފަހު، ބޮޑު އަގުގައި އާސަންދައަށް ބިލްކުރާ ކަމަށެވެ. އަދި ހޯލްސޭލް ރޭޓް ކޮންޓްރޯލް ކުރާނެ ނިޒާމެއް ނެތުމުގެ ސަބަބުން 500 އާއި 600 އިންސައްތައިގެ ބޮޑު ފައިދާއެއް ލައިފައި ބޭސް ވިއްކާކަން މީގެ ކުރިން ބެލި ބެލުމުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ”ބަލްކް ޕްރޮކިއުމަންޓް“ އުސޫލުގެ ދަށުން ބޭސް ގެނައުމުގެ މަސައްކަތްތައް ކުރެވުނު ނަމަވެސް، އެގޮތަށް ގެނެވުނީ ވަރަށް މަދު އަދަދެއްގެ ބޭސް ކަމަށާއި އެއީ އަމިއްލަ ވިޔަފާރިތަކަށް ވެސް ދަތިވާ ކަމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި