Sunday, 25 October 2026
Ads by

ފަހި ފުލެޓުތަކުގެ ރަޖިސްޓްރީ ހެދުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް: މުއްޠަލިބު

ފަހި ފުލެޓުތަކުގެ ރަޖިސްޓްރީ ހެދުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް: މުއްޠަލިބު

ހައުސިންގ މިނިސްޓަރު މުއްޠަލިބް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފުލެޓުތަކުގެ އެގްރީމެންޓްތަކަކީ ކުލީގެ އެއްބަސްވުންތަކަކަށް ވާތީ، އެ ފްލެޓުތަކުގައި ރަށްވެހިކަން ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ދައްކަމުން އަންނަ ވާހަކަތަކަކީ ގާނޫނީ އެއްވެސް ހުއްޖަތެއް އޮތް ވާހަކަތަކެއްނޫން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މުއްޠަލިބް ވިދާޅުވީ ސިޓީ ކައުންސިލުން ދައްކަމުން އަންނަ އެފަދަ ވާހަކަތަކަކީ ރައްޔިތުންނަށް އުނދަގޫކޮށް، ސަރުކާރާއި ރައްޔިތުން ޖެއްސުމަށްޓަކައި ދައްކަމުން އަންނަ ވަރަށް ނާތަހުޒީބީ ވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ސޯޝަލް ހައުސިންގ މަޝްރޫއުތައް ހިންގާފައިވަނީ ”ސޭލް އެންޑް ޕަރޗޭސް“ އެގްރީމެންޓްތަކެއްގެ ދަށުން ނަމަވެސް، މިހާރު މި ގެންގުޅޭ ”ރެންޓް ޓު އޯން“ މޮޑެލްއަކީ ހަމައެކަނި ނަމަށް އައި ބަދަލެއް ކަމަށާއި، އެ ދެ ގޮތުގައި ވެސް ފްލެޓުގެ ފައިސާ ދައްކާ ނިމުމުން އެތަނެއްގެ މިލްކުވެރިކަން އެތަނުގެ ވެރިފަރާތަށް ލިބިގެންދާނެ ކަމަށެވެ.

”ސޭލް އެންޑް ޕަރޗޭސް އެގްރީމެންޓުގެ ދަށުން ދޫކުރާ ފުލެޓްތަކުގެ ރަޖިސްޓްރީއެއް ވެސް ހައްދައެއް ނުދޭނެ އެތަނަށް ދައްކަންޖެހޭ ފައިސާ ނުދައްކަނީހެނެއް، އެހެންވީމަ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް އުނދަގޫކުރުމަށްޓަކައި ދައްކަމުން އަންނަ ވާހަކަތަކެއް އެއީ،“ – މުއްޠަލިބް ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވީ، 20 ނުވަތަ 25 އަހަރު ވަންދެން ގަވާއިދުން ފުލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން އެތަނަކީ އެ މީހެއްގެ އަމިއްލަ ތަނަކަށް ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ރަޖިސްޓްރީ ހަދައިދިނުމަށް އެފްޑީސީއަށާއި މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް މުއްޠަލިބް ވަނީ އިތުރަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ރަށްވެހިކަން ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު، ކައުންސިލްތަކުން އެ މަސައްކަތް ނުކުރުމަކީ ސަރުކާރުން ވަކި ގޮތަކަށް ކަނޑައަޅައިގެން ކުރާ ކަމެއް ނޫން ކަމަށް ވެސް މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި