Saturday, 24 October 2026
Ads by

”ޕްރޮޖެކްޓް ފްރީޑަމް“ގެ ނަމުގައި ހޮޒްމޫޒް ކަނޑުއޮޅީގައި އައު އޮޕަރޭޝަނެއް ފަށާނެކަމަށް އެމެރިކާއިން އިޢުލާނުކޮށްފި

”ޕްރޮޖެކްޓް ފްރީޑަމް“ގެ ނަމުގައި ހޮޒްމޫޒް ކަނޑުއޮޅީގައި އައު އޮޕަރޭޝަނެއް ފަށާނެކަމަށް އެމެރިކާއިން އިޢުލާނުކޮށްފި

އިރާނުން ބަންދުކޮށްފައިވާ ހޮޒްމޫޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް އެހީތެރިވުމުގެ ގޮތުން، ”ޕްރޮޖެކްޓް ފްރީޑަމް“ ގެ ނަމުގައި ކަނޑުގެ އައު އޮޕަރޭޝަނެއް ފަށާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު އިޢުލާން ކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، އިރާނުގެ ބާރުގެ ދަށުގައިވާ އެ ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތައް ސަލާމަތްތެރިކަމާއެކު ބޭރަށް ނެރުމަށް އެމެރިކާއިން ”މަގުދައްކައިދޭނެ“ އެވެ.

Ad Image
Ads by

ޓްރަމްޕްގެ ”ޓްރޫތް ސޯޝަލް“ އެކައުންޓުގައި ބުނެފައިވަނީ، އިރާނުގެ ހަނގުރާމައިގެ ސަބަބުން ވަކި ފަރާތަކަށް ނުޖެހޭ އަދި ކުށެއްނެތް ޤައުމުތަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ”އެ ޤައުމުތަކުގެ އުޅަނދުތައް ބަންދުކޮށްފައިވާ ސަރަޙައްދުތަކުން ރައްކާތެރިކަމާއެކު ނެރުމަށް މަގުދައްކައިދޭނެ ކަމަށާއި، އޭރުން އެ ފަރާތްތަކަށް މިނިވަންކަމާއެކު ވިޔަފާރީގެ ކަންކަމައިގެން ކުރިއަށްދެވޭނެ“ ކަމަށް އެމެރިކާއިން ބުނެފައިވާނެ ކަމަށް ވެސް ޓްރަމްޕުގެ ޕޯސްޓުގައި ވެއެވެ. މީގެ އިތުރުން، އެ އުޅަނދުތަކާއި ފަޅުވެރިން ސަލާމަތުން ބޭރަށް ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި ހޮޒްމޫޒްގެ މި އޮޕަރޭޝަނުގައި ގައިޑަޑް-މިސައިލް ޑިސްޓްރޯޔަރުތަކާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ހަރަކާތްތެރިވާ 100 އަށްވުރެ ގިނަ ބޯއްޓާއި، އަންމޭންޑް ޕްލެޓްފޯމްތަކުގެ އިތުރުން 15000 ސިފައިން ބައިވެރިވާނެއެވެ.

ހަނގުރާމައަށް ހައްލެއް ހޯދުމަށް އިރާނާއެކު ”ވަރަށް އުންމީދީ“ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ޓްރަމްޕު ބުނި ނަމަވެސް، އީރާނުން ވަނީ އެމެރިކާގެ މި ނިންމުމަކީ ހަމަލާބަދަލުކުރުން ހުއްޓާލުމަށްވެފައިވާ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބަލާނެ ކަމުގެ އިންޒާރު ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި