Sunday, 26 July 2026
Ads by

މަރާމާތުގެ މަސައްކަތަށް ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކޮށްފި

މަރާމާތުގެ މަސައްކަތަށް ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކޮށްފި

ސަލްޓަން ޕާކު---

ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ފެށިގެން އެ ޕާކު އާންމުންނަށް ބަންދުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.

މިދިޔަ ސަރުކާރުން ވީރާނާވާން ދޫކޮށްލާފައިވާ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު ސަލްޓަން ޕާކު ބަންދުކޮށްގެން މަރާމާތު ކުރުމަށްފަހު، މި އަހަރުގެ ފިޠުރު ޢީދު ދުވަހާއި ދިމާކޮށް އެ ޕާކު ވަނީ އަލުން ހުޅުވައިފައެވެ.

ނަމަވެސް މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދަންޖެހޭ އިތުރު މަސައްކަތްތަކެވެ.

ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަހައްދުތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން، އިށީންދެލައިގެން ތިބޭނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯރ މަރާމާތުކުރުމުގެ އިތުރުން ގަރޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ވެސް ކޮށްފައިވެއެވެ.

ސަލްޓަން ޕާކުގެ އިތުރުން މި ސަރުކާރުން އަންނަނީ މާލެ ސިޓީގެ އެހެން މައިޒާންތައް ވެސް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސުނާމީ ބިނާ މައިޒާނާއި ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި