Wednesday, 9 September 2026
Ads by

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ އަދަދު %92 މައްޗަށް

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ އަދަދު %92 މައްޗަށް

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް---

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނިމިދިޔަ 2025 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބި، ގައުމުގެ އިގްތިސާދަށް އެކަމުގެ ހެޔޮ ފައިދާތަކެއް ކުރި އަހަރެއް ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެމްއެމްއޭއިން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރަށް ކުރިމަތިވި ގޮންޖެހުންތަކާއި ސަރަހައްދީ ހަމަނުޖެހުންތަކާއި އެކުގައި ވެސް ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ވަނީ އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު އިގުތިސާދީ ކުރިއެރުން 3.5 އިންސައްތާގައި ހުރި އިރު، އޭގެ އަނެއް އަހަރު ވަނީ 6.3 އިންސައްތައަށް މަތިވެފައެވެ.

މި ކުރިއެރުމުގައި ފަތުރުވެރިކަމާއި، މާލީ ހިދުމަތްތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ރާއްޖެއިން އެކްސްޕޯޓު ކުރި މަހުގެ އަދަދު ވަނީ 92 އިންސައްތަ އިތުރުވެފައެވެ. އެމްއެމްއޭގެ އަހަރީ ރިޕޯޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ކުރިއެރުން ލިބިފައިވަނީ ރާއްޖޭގައި މަސް ބަންދުކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު އިތުރުވުމާއި، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުން އުފައްދާ ބާވަތްތަކަށް އޮތް މަގުބޫލުކަން އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލައިލާއިރު، 2024 ވަނަ އަހަރު 33.1 އިންސައްތަ ދަށަށް ދިއުމަށްފަހު، މިދިޔަ އަހަރު ވަނީ 30.8 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ. މީގެ އިތުރުން މަސްވެރިންގެ އަތުން ގަތް މަހުގެ ޖުމުލަ މިންވަރު 66 އިންސައްތަ އިތުރުވެ، 88.3 ހާސް މެޓްރިކް ޓަނަށް ވަނީ އަރައިފައެވެ.

މަސްވެރިކަމުގެ ސިނާއަތަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބުނު މައިގަނޑު މަގުސަދަކީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމެވެ. މަސް ގަނެފައިވާ މިންވަރަށް ބަލާއިރު، ގަތް މަހުގެ 82 އިންސައްތަ ހިއްސާކުރާ ކަނޑުމަސް ގަތް މިންވަރު ވަނީ 80 އިންސައްތަ އިތުރުވެފައެވެ. ޖުމްލަ ހިއްސާގެ 17 އިންސައްތަ ހިއްސާކުރާ ކަންނެލި މަސް ގަތް މިންވަރު ވަނީ 20 އިންސައްތަ އިތުރުވެފައެވެ. މި ދެ ބާވަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ޖުމުލަ އުފެއްދުމުގެ 99 އިންސައްތައެވެ.

ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްޓަކައި މަސްވެރިކަމުގެ ސިނާއަތުން ކުރި މަސައްކަތުގެ ތެރެއިން، ރާއްޖެއިން ވަނީ ޖުމުލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު 158 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި 7 އިންސައްތަ، ދަޅުގައި ބަންދުކުރި މަސް 9 އިންސައްތަ އަދި ހިކިމަސް ބޭރުކުރި މިންވަރު ވަނީ 32 އިންސައްތަ އިތުރުވެފައެވެ. މި ކުރިއެރުންތަކާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 56 އިންސައްތަ (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިގްތިސާދީ މާހިރުން ސިފަކުރައްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި