Saturday, 24 October 2026
Ads by

އީރާނުގެ މަޝްވަރާތަކާމެދު ޖަރުމަނުން ފާޑުކިޔުމުން އެމެރިކާއިން އެޤައުމުގެ 5000 ސިފައިން ބާލަން ނިންމައިފި

އީރާނުގެ މަޝްވަރާތަކާމެދު ޖަރުމަނުން ފާޑުކިޔުމުން އެމެރިކާއިން އެޤައުމުގެ 5000 ސިފައިން ބާލަން ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އަދި ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒް

އިރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕާއި ވިލާތުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑުވެ، ނޭޓޯގެ ބައިވެރިއެއް ކަމަށްވާ ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ 5000 ސިފައިން ބާލަން ނިންމާފައިވާކަން ޕެންޓަގަން އިން ހުކުރު ދުވަހު އިއުލާންކޮށްފިއެވެ.

Ad Image
Ads by

މި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި އިރާނުން އެމެރިކާ ބަދުނާމުކުރަމުންދާ ކަމަށާއި، އެމެރިކާއިން މިކަމުގައި ގެންގުޅޭ ސިޔާސަތެއް ނުފެންނަ ކަމަށް ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒް މި ހަފުތާގެ ކުރީކޮޅު ބުނުމާއި ގުޅިގެން، ޓްރަމްޕް ވަނީ ސިފައިން މަދުކުރާނެ ކަމުގެ އިންޒާރު ކުރިން ދީފައެވެ.

ޕެންޓަގަން އިން ބުނި ގޮތުގައި މި ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް އޮތް 6 މަހާއި 12 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. ޖަރުމަނުވިލާތަކީ ވިލާތުގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އެންމެ ގިނަ ސިފައިން ތިބޭ ގައުމެވެ. އެގައުމުގައި އެމެރިކާގެ 35000 އެކްޓިވް ޑިއުޓީ ސިފައިން މިހާރުވެސް ތިބެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި