ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އއ. މާޅޮހުގައި ތަރައްގީކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް މެކުހަށް ޖަހާލައިފިއެވެ.
މި މަޝްރޫއާއި ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އާރްޑީސީން ބުނެފައިވަނީ، މާޅޮހުގައި ތަރައްގީކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ވަށާ ފާރުގެ މަސައްކަތް ކަމަށެވެ.
މިއީ އާރްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތަކެއް މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކުގެ އިތުރުން މަގު ހެދުމާއި، ހޮސްޕިޓަލްތައް ތަރައްގީކުރުމާއި އައުޓް ޑޯރ ޖިމްތައް ތަރައްގީކުރުން ހިމެނެއެވެ.












