Saturday, 24 October 2026
Ads by

ރާއްޖޭގެ މީޑިޔާ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރި އިނގެރޭސިވިލާތުން ފަލަޞްތީނަށް ނަޞްރުވެރިވާ ޝިއާރުތަކަށް ހުރަސްއަޅަނީ

ރާއްޖޭގެ މީޑިޔާ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރި އިނގެރޭސިވިލާތުން ފަލަޞްތީނަށް ނަޞްރުވެރިވާ ޝިއާރުތަކަށް ހުރަސްއަޅަނީ

އިންގެރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ޔަހޫދީ ލޭބަރ މޫވްމަންޓުގެ ކޮންފަރެންސް އެއްގައި ވާހަކަ ދައްކަނީ

ބުދަ ދުވަހު ލަންޑަނުގައި ދެ ޔަހޫދީއަކަށް ވަޅިން ހަމަލާދިން ހާދިސާއާ ގުޅިގެން، ފަލަޞްޠީނަށް ތާއީދުކޮށް ބާއްވާ ހިނގާލުންތަކުގެ ސަބަބުން ޔަހޫދީ މުޖުތަމައުއަށް ކުރާ ”ޖުމްލަ އަސަރަށް“ ބަލައި، ބައެއް ހާލަތްތަކުގައި އެފަދަ މުޒާހަރާތައް ސަރުކާރުން މަނާކޮށްފާނެ ކަމަށް އިނގެރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ބުނެފިއެވެ.

Ad Image
Ads by

ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މީގެ ދުވަސްތަކެއް ކުރިން ފާޑުކިޔާފައިވާ އިންގެރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ބުނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރި މުޒާހަރާތަކުގެ ދިފާއުގައި އޭނާ އަބަދުވެސް ހުރި ކަމަށެވެ. ނަމަވެސް، މުޒާހަރާތަކުގެ ތެރޭގައި ”ގްލޯބަލައިޒް ދަ އިންތިފާޟާ“ ފަދަ ގޮވުންތައް ގޮވުމަކީ ”އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން“ ކަމަށާއި، އެފަދަ އަޑުތައް އުފުލާ މީހުންނަށް ދައުވާކުރަންޖެހޭނެ ކަމަށް އޭނާ ބުންޔެވެ.

ބޭރުގެ ބައެއް ގައުމުތަކުން އިނގިރޭސިވިލާތުގައި ހަމަނުޖެހުން އުފެއްދުމަށް، ހާއްސަކޮށް ޔަހޫދީ މުޖުތަމައުއާ ދެކޮޅަށް މަސައްކަތްކުރާ ކަމުގެ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން، ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުން ވަނީ އެ ގައުމުގެ ޓެރަރިޒަމްގެ ނުރައްކަލުގެ ދަރަޖަ ”ސިވިއަރ“ ނުވަތަ ނުރައްކާތެރި މިންވަރަކަށް މަތިކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި