Wednesday, 9 September 2026
Ads by

ރަށްވެއްސަކަށްވިތާ އަހަރެއް ނުފުރުނަސް، 15 އަހަރު މާލޭގައި ދިރިއުޅެފައިވާނަމަ ގޯއްޗާއި ފުލެޓަށް އެދެވޭނެ

ރަށްވެއްސަކަށްވިތާ އަހަރެއް ނުފުރުނަސް، 15 އަހަރު މާލޭގައި ދިރިއުޅެފައިވާނަމަ ގޯއްޗާއި ފުލެޓަށް އެދެވޭނެ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ އަމާން އުދަރެސް ފުލެޓުތައް---

އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވީ ނަމަވެސް، 15 އަހަރަށްވުރެ ދިގު މުއްދަތަކަށް މާލެ ސިޓީގައި ދިރިއުޅެފައިވާނަމަ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅޭނެ ގޮތަށް ހައުސިންގ މިނިސްޓްރީން އިސްލާހެއް ގެނެސްފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް ހައުސިންގ މިނިސްޓްރީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ ސިޓީގައި އެއް އަހަަަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅޭނެހެން އިސްލާހުތަކެއް ގެނެެސްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުން މާލެ ސިޓީގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ކެޓަގަރީއަށް ޝަރުތު ފުރިހަމަވާނަމަ، އެޕްލައިކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާއިރު، މެދުނުކެނޑި މާލެ ސިޓީގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއްކަން އެނގޭނެ ލިޔެކިއުމުގެ އިތުރުން ރަށްވެހިވި ތާރީހް އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަސްމާލެއާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުން އަންނައިރު ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ.

ހިއްކަމުން އަންނަ ސަރަހައްދުތަކުން ޖުމުލަ 15،000 އަށްވުރެ ގިނަ ގޯއްޗާއި 7،900 އަށްވުރެ ގިނަ ފުލެޓް މި ދައުރުގެ ތެރޭގައި ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ. އަދި މިއީ މިހާތަނަށް ސަރުކާރަކުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި