Wednesday, 9 September 2026
Ads by

ހަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން: ނަޝީދު

ހަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން: ނަޝީދު

އެމަނިކުފާނަކީ ވެރިކަމުން މީހުން ބާލަން ދަންނަ ބޭފުޅެއް ކަމަށާއި، ހަޔާތުގައި މިހާތަނަށް ގިނަ ވެރިންތަކެއް ވެރިކަމުން ބާލާފައިވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ބައްދަލުވުމެއްގައި ޕާޓީގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މެންބަރު ވަނީ، މި އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ނަޝީދު މަސައްކަތް ކުރައްވާނަންތޯ އާއި، އެކަމަށް ކިހާ ވަރަކަށް މަސައްކަތް ކުރައްވާނަންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 2028 ގެ ވެރިކަން އެމްޑީޕީއަށް ހޯއްދަވައިދެއްވަން 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

”24 ގަޑިއިރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑަށް ހަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން. ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ރައީސް ޔާމީން ހުރިހާ ބާރުތަކަކާއެކުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ،“ ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި، އަމިއްލަ ޕާޓީގެ ވެރިކަން ބަދަލުކުރި ކަމަށް ކުރާ ތުހުމަތުތަކަށްވެސް ބާރުދެއްވާފައެވެ. އަދި މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުކުރުމަށްޓަކައި އެމަނިކުފާނާ އެއްވަރަށް މަސައްކަތް ކުރާނެ އެކަކުވެސް ނުހުންނަ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް އައީ ނަޝީދު އިސްވެ ހުންނަވައި ވެރިކަން ބޭނުންވެގެން ފެށި ކެމްޕޭނުގައި ބަދަލަކަށް ގިނަބަޔަކު ނުކުމެ ކުރި މަސައްކަތުންނެވެ. ނަމަވެސް، ނަޝީދުގެ އަމިއްލަ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމަށްފަހު، އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، އެ ދައުރު ނިމުނުއިރު އެމްޑީޕީ އޮތީ ދެބަޔަކަށް ބައިބައިވެ ރޫޅިފައެވެ. އެމްޑީޕީއަށް ދެވަނަ ދައުރެއް ކާމިޔާބު ނުވެ، ރައީސް މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތީ ރައީސް ނަޝީދު އިދިކޮޅުގައި އިސްވެ ހުންނަވައި ކުރެއްވި މަސައްކަތުން ކަމަށް އޭރު އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އޭރު ރޫޅާލި ކެޔޮގަނޑު އަނެއްކާވެސް ރާވައިގެން ކުރިއަށް ދިޔަނަމަވެސް އަދިވެސް އޮތީ މުޅިއަކުން ހަމަޔަކަށް ނޭޅި އެރޫޅުނުގޮތަށް ކަމަށް ގިނަބަޔަކުދަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި