Wednesday, 9 September 2026
Ads by

މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ދޫކޮށްފި

ފިޝަރީޒް މިނިސްޓަރު ޝިޔާމް ކޫއްޑޫގައި ތިބި ކެޔޮޅުންނާ ބައްދަލުކުރައްވަނީ - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފަރާތުން މަސްވެރިންނަށް ބުދަ ދުވަހުގެ ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ދީފައިވާ ޔަގީންކަމާ އެއްގޮތަށް އަންނަ ހޯމަ ދުވަހުގެ ކުރިން ބާކީ 30 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނީ މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މަސްވެރިން ކޫއްޑޫ އާއި އައްޑޫގައި ކުރަމުން ދިޔަ އިހުތިޖާޖު ހުއްޓާލުމާ ގުޅިގެން އެ ތަންތަން މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. ކޫއްޑޫގައި އިހުތިޖާޖު ކުރަމުން ދިޔަ މަސްވެރިންނާ ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު ވަޑައިގަތުމުން މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ވަނީ ސަރުކާރުގެ ހުށަހެޅުން ގަބޫލުކޮށް ކުރަމުންދިޔަ ސުލްޙަވެރި އިހުތިޖާޖު ހުއްޓާލައި އެނބުރި މަސްވެރިކަމަށް ނިކުތުމަށް މަސްވެރިން ނިންމާފައިވާތީ ޝުކުރު އަދާކޮށްފައެވެ.

”މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާ ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށާ އަދި އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމީ ދިވެހި ދައުލަތާއި މި ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކުރަމެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ،“ ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީން މިފްކޯ އާއި ފިނޭންސް މިނިސްޓްރީ އާއި ކަމާ ބެހޭ އެހެނިހެން މިނިސްޓްރީތަކާ ގުޅިގެން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަންދޭ ކަމުގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރި ޢާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވާތީ، މަސްއޮޑިފަހަރަށް ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަަހަކަށް ދޫކުރުމުގެ އިންތިޒާމު ހަަމަޖައްސައި އެކަން ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދާއި މަސައްކަތްޕުޅު ފާހަގަކޮށްފައެވެ. އަދި ފިނޭންސް މިނިސްޓަރާއި މިފްކޯގެ މެނޭޖްމަންޓާއި މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި