Saturday, 24 October 2026
Ads by

މި އަހަރުވެސް ގައުމީ ދުވަސް ފާހަގަކުރާނީ އުތީމުގައި: ހީނާ

މި އަހަރުވެސް ގައުމީ ދުވަސް ފާހަގަކުރާނީ އުތީމުގައި: ހީނާ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި އަހަރު ވެސް ގައުމީ ދުވަސް ފާހަގަކުރާނީ ހއ. އުތީމުގައި ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ހީނާ މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ. ހީނާ ވިދާޅުވީ، ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ގައުމީ ދުވަސް ފާހަގަކުރާނީ އުތީމުގައި ކަމަށެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހީނާ ވަނީ، އުތީމުގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ހީނާ ފާހަގަކުރެއްވީ، އެ ރަށުގައި ހުރި ޣާޒީ ބަންޑާރައިންގެ އާސަރުތައް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

މީގެ އިތުރުން، އުތީމު ކަނދުވަލު މިސްކިތް ހިމެނޭ ސަރަހައްދުގައި ސްޓޯރީ ފޮރެސްޓް ޕާކެއް ތަރައްގީކުރުމާއި، ކަނދުވަލު މިސްކިތާއި، މިސްކިތާއި ގުޅިފައިވާ އާސާރުތައް ތަރައްގީކުރުމާއި، އުތީމު ގަނޑުވަރު މަރާމާތުކުރުމާއި އަލިކުރުމުގެ މަސައްކަތްކުރުމާއި، ބޮޑުތަކުރުފާނުގެ ހަނދާނުގައި ދޮރުވައްޓަކާއި، އިސްރަށްވެރިންގެ ޕާކެއް ތަރައްގީކުރުން ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މި އަހަރުގެ ގައުމީ ދުވަސް އަންނަންވާއިރަށް މި މަޝްރޫއުތައް ނިންމައި އިފްތިތާހު ކުރެވިގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި