Wednesday, 9 September 2026
Ads by

ހިރިގަލުން ބިނާކޮށްފައިވާ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން ހުށަހަޅައިފިން: ހީނާ

ހިރިގަލުން ބިނާކޮށްފައިވާ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން ހުށަހަޅައިފިން: ހީނާ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހިރިގަލުން ބިނާ ކޮށްފައިވާ ފަސް އާސާރީ މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ހީނާ މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ނޮމިނޭޝަން ފައިލް ތައްޔާރުކޮށް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޔުނެސްކޯއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ތަރިކައިގެ ލިސްޓުގައި ހިމެނުމަށް އެދި ޔުނެސްކޯއަށް ހުށަހަޅާފައިވާ ފަސް މިސްކިތަކީ:

  • މާލޭގެ ހުކުރު މިސްކިތް
  • ހއ. އިހަވަންދޫ ހުކުރު މިސްކިތް
  • ރ. މީދޫ ބާ މިސްކިތް
  • އދ. ފެންފުށީ ހުކުރު މިސްކިތް
  • ލ. އިސްދޫ ހުކުރު މިސްކިތް

މީގެ އިތުރުން މި ލިސްޓުގައި މާލޭ ބަންޑާރަ މިސްކިތުގެ ނަން ހިމަނާފައި ނުވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، އެކަމުގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ، މި މިސްކިތްތައް އިތުރަށް ދިރާސާކުރުމަށްޓަކައި އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށް ހާއްސަ އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމެންޓްސް އެންޑް ސައިޓްސްގެ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އަންނާނެ ކަމަށާއި، އެ ޓީމުން ރާއްޖެ އައިސް, މިސްކިތްތަކަށް ޒިޔާރަތްކޮށް އެތަންތަން ހުރި ނެތް ގޮތް ބަލައި މޮނިޓަރ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި