Wednesday, 9 September 2026
Ads by

ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ’އަހާ‘ ފޯރަމް މިރޭ

ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ’އަހާ‘ ފޯރަމް މިރޭ

ރައީސް މުޢިއްޒު ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ’އަހާ‘ ސިލްސިލާގެ ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ad Image
Ads by

’އަހާ‘ ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާއެކެވެ. ރައީސް އޮފީހުން ބުނީ މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި މިދިޔަ ޖެނުއަރީ މަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުޞަތުދީ، ސުވާލުތަކަށް ވަޒީރުން ވަގުތުން ޖަވާބުދެއްވާފައިވާ ކަމަށެވެ.

މިރޭ އޮންނަ މި ސިލްސިލާގެ ދެވަނަ ފޯރަމްގައި ރައީސްއަށް ސުވާލު ދެންނެވުމުގެ ފުރުޞަތު ޕީއެސްއެމުން ވަނީ ހުޅުވާލާފައެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ކުރިން ސުވާލު ފޮނުވުމުގެ އިތުރަށް ފޯރަމްގައި ބައިވެރިވެ ސީދާ ސުވާލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުޞަތު ދެމުން ގެންދާނެ ކަމަށެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:45 ގައި ސަލްޓަންޕާކުގައެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމާ އެކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސް މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ ތިން މަހަކުން އެއްފަހަރު ސީދާ ރައީސްވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަންވެސް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.

މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ވަގުތުން ޖަވާބުދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ސަރުކާރު ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނި ގޮތުގައި މި ސިލްސިލާގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ފޯރަމަށްވެސް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމުގައެވެ.

’އަހާ‘ ސިލްސިލާގެ ފޯރަމްތައް ބޭއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި