Sunday, 26 July 2026
Ads by

ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ: ޝަކީލް

ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ: ޝަކީލް

ޙައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް---

ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އިދިކޮޅު އެމްޑީޕީން ލަދުގަންނަންޖެހޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝަކީލް މި މޭރުމުން ވިދާޅުވީ އެމްޑީޕީއަށާއި އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއަށް ފާޑުވިދާޅުވެ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޕާޓީގައި ފައިސާ ނެތް ކަމަށް ބުނެ އޭނާ ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރުމަށް ނިންމައިފައެވެ.

އެކަން އެހެން ދިމާވީ ދައުލަތުގެ ބަޖެޓުން މި އަހަރަށް ދޭން ބުނި ފައިސާ އެ ޕާޓީއަށް ލިބިފައިނުވާތީ ކަމަށް ބުނެ އޭނާ ވަނީ ވާހަކަތަކެއް ދައްކައިފައެވެ.

ޣަފޫރުގެ މި ވާހަކަތަކާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަކީލް ވަނީ، އެބާވަތުގެ ވާހަކަތަކަކީ ބަޖެޓަށް ވޯޓު ނުދޭ މީހުން ދައްކަންޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީން އެ ދައްކަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ކޮން ފައިސާއެއްގެ ވާހަކަތޯ ސުވާލުއުފައްދަވައިފައެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓު ފާސްކުރަން ޗެއަރޕާސަން ޣަފޫރާއި އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ވޭތުވެދިޔަ ތިން އަހަރު ވޯޓު ދިނިންތޯ ސުވާލުކުރައްވަމުން ޝަކީލް ވަނީ ބަޖެޓްގެ ވާހަކަދައްކަން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ލަދުގަންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ ނެތް ކަމަށް ބުނެ އެ ޕާޓީގެ އިސްވެރިން ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުން އަވަސްކުރުމަށް ގޮވާލައިފައެވެ. މީގެ އިތުރުން އެ ފެކްޝަނުން ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި