Wednesday, 9 September 2026
Ads by

އީރާނުގެ ބަނދަރުތައް ބަންދުކުރުމުގައި އެމެރިކާ ސިފައިން އުޅެނީ ”ކަނޑުފޭރޭ ބައެއްހެން“ ކަމަށް ފޮނިކަނޑަމުން ޓްރަމްޕަށް އިޤުރާރުވެވިއްޖެ

އީރާނުގެ ބަނދަރުތައް ބަންދުކުރުމުގައި އެމެރިކާ ސިފައިން އުޅެނީ ”ކަނޑުފޭރޭ ބައެއްހެން“ ކަމަށް ފޮނިކަނޑަމުން ޓްރަމްޕަށް އިޤުރާރުވެވިއްޖެ

އެމެރިކާގެ ކަނޑުގެ ސިފައިން 'ކަނޑުފޭރޭ' މީހުންގެ އުކުޅުތައް ބޭނުންކޮށް، އީރާނުގެ ތެޔޮ ޓޭންކަރަކަށް އަރައިގަނެ ހިންގި 'ފައިދާބޮޑު' އޮޕަރޭޝަނާމެދު ޓްރަމްޕް ފަޚުރުވެރިވެއްޖެ (އެކިއެމްވީ އޭއައި އިން ތައްޔާރުކޮށްފައިވާ ކަވަރ ފޮޓޯއެއް)

ވޮޝިންގޓަން / ތެހެރާން – އީރާނުގެ ބަނދަރުތަކާއި ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ އޮޕަރޭޝަންގައި އެމެރިކާގެ ކަނޑުގެ ސިފައިން ޙަރަކާތްތެރިވަމުންދަނީ ”ކަނޑުފޭރޭ ބައެއްހެން“ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަޚުރުވެރިކަމާއެކު ބުނެފިއެވެ.

Ad Image
Ads by

”ވަރަށް ފައިދާހުރި ވިޔަފާރިއެއް“
ހުކުރު ދުވަހު ފްލޮރިޑާގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ، އެމެރިކާ ސިފައިން ވިޔަފާރި ބޯޓުފަހަރަށް އަރައި އެތަކެތި ހިފަހައްޓާ ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ. ”އަހަރެމެން އޭގެ މައްޗަށް ފައިބައި، ބޯޓުގެ ކޮންޓްރޯލް ނަގަން. އޭގައި ހުންނަ މުދަލާއި ތެޔޮވެސް އަހަރެމެން ނަގަން. މިއީ ވަރަށް ފައިދާހުރި ވިޔަފާރިއެއް،“ ޓްރަމްޕް ބުންޏެވެ. ”އަހަރެމެން މިއުޅެނީ ކަނޑުފޭރޭ ބައެއްހެން. އެކަމަކު އަހަރެމެން މިއުޅެނީ ކުޅޭކަށް ނޫން.“

މިފަދަ މޭރުމަކުން ޓްރަމްޕް ވާހަކަދައްކާފައިމިވަނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އީރާނާ ދެމެދު މިހާރު އޮތީ މުއްދަތެއް ނެތް ވަގުތީ ސުލްޙައެކެވެ. ނަމަވެސް އެ ސުލްޙަ އޮއްވައި އޭޕްރިލް 13 ގައި ޓްރަމްޕް ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައަވެ. އަދި އީރާނުން ދާދިފަހުން ހުށަހެޅި ސުލްޙައިގެ ހުށަހެޅުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، މަޝްވަރާތައް ފެއިލްވެއްޖެނަމަ އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދީފައެވެ.

އީރާނުގެ ރައްދު: ”އެއްވެސް ސަބަބަކާ ނުލައި ދިން ޙަމަލާއެއް“
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ތެހެރާނުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ޓްރަމްޕްގެ މި ޢަމަލުތަކުން ސާބިތުވަނީ އެމެރިކާއިން އެއްވެސް އެއްބަސްވުމަކަށް އިޙުތިރާމް ނުކުރާކަން ކަމަށާއި، އެހެންކަމުން އަލުން ހަނގުރާމަ ފެށުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވަނީ އެކްސް ގައި އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ މިއީ އެމެރިކާއިން އަމިއްލައަށް ބޭނުންވެގެން ކުރާ ހަނގުރާމައެއް ކަމަށާއި، މިއީ އެއްވެސް ސަބަބަކާ ނުލައި އީރާނާ ދެކޮޅަށް ހިންގި އިސްތިޢުމާރީ ޢަމަލެއް ކަމަށެވެ. އަދި އެމެރިކާގެ ސެނެޓަރ ކިރްސްޓެން ގިލިބްރޭންޑްގެ ވީޑިއޯއެއް ޙިއްޞާކުރަމުން އޭނާ ބުނީ، ޙަމަލާދިންއިރު އީރާނުން އެމެރިކާއަށް ޙަމަލާދޭން އުޅޭކަމުގެ އެއްވެސް ހެއްކެއް އެމެރިކާ ސަރުކާރަށް ލިބިފައިނުވާކަން ސެނެޓަރުންވެސް ޤަބޫލުކުރާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި