Saturday, 24 October 2026
Ads by

ވިޔަފާރީގެ ބޭނުމަށް ގިނަ މުއާމަލާތް ކުރާ ސައިޓްތަކުން ވިޔަފާރި ކުރެވޭ އަދަދު ކަނޑައަޅައިފި

ވިޔަފާރީގެ ބޭނުމަށް ގިނަ މުއާމަލާތް ކުރާ ސައިޓްތަކުން ވިޔަފާރި ކުރެވޭ އަދަދު ކަނޑައަޅައިފި

ބީއެމްއެލްގެ މައި އިދާރާ---

ވިޔަފާރީގެ ބޭނުމަށް ގިނަ މުއާމަލާތް ކުރާ ސައިޓްތަކުން، ވިޔަފާރި ކުރެވޭނެ އަދަދެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅައިފިއެވެ.

Ad Image
Ads by

ބީއެމްއެލްގެ މި ނިންމުމަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް އެ ބޭންކުން ގެންގުޅޭ ނިޒާމުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް އަދި އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން ބުނެފައިވަނީ، ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތައް މެދުވެރިކޮށް އޮންލައިން ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރަން ބޭނުންކުރަމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ އަދަދަކަށް ބޭރު ފައިސާ އެކަމަށް ވިއްކެނީ ނިސްބަތުން މަދު ފަރާތްތަކަށް ކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތު ދީފައެވެ.

މިއާއެކު ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެފަދަ ސައިޓްތަކުން ވިޔަފާރިކުރުމަށް ޖުމުލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް ބަދަލެއް ނުގެނެސް މިހާރު ވެސް ބޭނުން ކުރެވޭވަރުގައި ހުންނާނެ ކަމަށް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

އޮންލައިން ވިޔަފާރި ސައިޓްތަކުން މަހަކު 30 ޓްރާންސެކްޝަނަށްވުރެ ގިނައިން ވިޔަފާރިކުރަނީ ކަސްޓަމަރުންގެ އެންމެ ތިން އިންސައްތައަށްވުރެ މަދު އަދަދެއްކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނެފައިވަނީ، އެއީ ކުރިން އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާ ގަންނަ ފަރާތްތައް ކަމަށެވެ.

ކަން މިހެން އޮތުމާއެކު އޮންލައިން ވިޔަފާރި ސައިޓްތަކަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ބޮޑަށް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމުގެ ގޮތުން ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލްއިން ވަނީ އިތުރަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި