Wednesday, 9 September 2026
Ads by

މަސައްކަތްތެރިންނަށް އަމާން އަދި އަބުރުވެރި މާހައުލެއް ކަށަވަރުކޮށްދޭނަން: އިހުސާން

މަސައްކަތްތެރިންނަށް އަމާން އަދި އަބުރުވެރި މާހައުލެއް ކަށަވަރުކޮށްދޭނަން: އިހުސާން

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސައްކަތްތެރިން އެދޭ ފަދަ އަމާން، އަބުރުވެރި، އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުވެފައި އޮތްކަން ކަށަވަރު ކުރުން ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން އިސްނަގައިގެން އެކި މުއައްސަސާތަކާ ގުޅިގެން މިއަދު މާލޭގައި ބޭއްވި ހިނގާލުން ނިންމާލުމަށް ރަސްފަންނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، މިއަހަރަކީ އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނާއި އޮކިއުޕޭޝަން ސޭފްޓީ އެންޑް ހެލްތުގެ ގާނޫނު ފުރިހަމައަށް ތަންފީޒުވެގެންދާނެ އަހަރެއް ކަމަށެވެ.

”ދިވެހި ސަރުކާރުގެ މިއަދުގެ އަމާޒަކީ ރާއްޖޭގެ މަސައްކަތްތެރިން އެދިވަޑައިގަންނަވާ ފަދަ އަމާން އަބުރުވެރި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުވެފައި އޮތްކަން ކަށަވަރު ކުރުން. އެކަމަށްޓަކައި ރާއްޖޭގައި ހެދިފައި ހުރި މަސައްކަތްތެރިންނާ ގުޅުން ހުރި ހުރިހާ ގަވައިދެއް ރަނުން ރަނަށް، އަކުރުން އަކުރަށް އަޅުގަނޑުމެން މި އަހަރު ތަންފީޒު ކުރަން ފަށާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ލޭބާ ރިލޭޝަން އޮތޯރިޓީގައި އެތައް މައްސަލައެއް ފުނިޖެހިފައި އޮތްކަން ފާހަގަކުރައްވައި، އެ މައްސަލަތަކަށް އަމާނާތްތެރިކަމާއި އަދުލުވެރިކަމާއެކު ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، މީގެ ކުރީ އަހަރުތަކުގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުން އައީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ރޫހެއްގައި ކަމަށްވިޔަސް، މިހާރުގެ ސަރުކާރުން ގެންގުޅެނީ މަސައްކަތްތެރިންގެ އަޑުއަހައި އެމީހުންނާ އެކު މަސައްކަތް ކުރުމުގެ ރޫހެއް ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ނަގަހައްޓަން ޖެހޭ ވަރަށް ގިނަ ކަންކަން މީގެ ކުރިން އަތްދަށުން ދޫވެފައިވާކަން ގަބޫލުކުރައްވާ ކަމަށާއި، މަސައްކަތްތެރިންގެ ހައްގުތަކަށް އެދެވިގެންވާ ހައްލެއް ނުގެނެވެނީސް މަސައްކަތްތައް ހުއްޓާނުލައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވުނު މި ހިނގާލުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި