Wednesday, 9 September 2026
Ads by

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އަޅުގަނޑު ތައްޔާރު: ނަޝީދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އަޅުގަނޑު ތައްޔާރު: ނަޝީދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ބޭނުންވާ ނަމަ، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ކުރެއްވި މެސެޖެއްގައެވެ.

މިކަމާ ގުޅޭގޮތުން އެ ގްރޫޕުގައި ފުރަތަމަ ވާހަކަދެއްކެވީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އެވެ. ރާއީ ވިދާޅުވީ ޕާޓީގެ އިސް ލީޑަރުންނާއި ގައުމީ މަޖިލީހުން އެދޭ ނަމަ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމާ ނަޝީދު ހަވާލުވެވަޑައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މި ހުށަހެޅުމަށް ތާއީދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ”ޖީއެމް (ގައުމީ މަޖިލިސް) ގަބޫލުނަމަ، ވަގުތީ ޗެއާކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،“ ކަމަށެވެ.

މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޗެއާޕާސަން ކަމަށް ރައީސް ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވެސް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވުމަށްފަހު، ފަހުން ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ހޫނުވެފައިވަނީ މި އިންތިހާބުތައް ފަސްކުރުމަށް މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމާ ގުޅިގެންނެވެ. ގަޕޯ ވިދާޅުވި ގޮތުގައި މިވަގުތު އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސް އެޅިދާނެއެވެ. އަދި ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބޭތީ އިންތިހާބު ބާއްވާނެ ބަޖެޓެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންތިހާބު ފަސްކޮށް ޕާޓީ ހިންގުމަށް ’އިންޓަރީމް އެރޭންޖްމަންޓެއް‘ އެކުލަވައިލުމަށާއި، އެ އިންތިޒާމުގެ ތެރޭގައި އޭނާ ނުހިމެނުމަށް ގަޕޯ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް، އިންތިހާބު ފަސްކުރަން އުޅޭތީ ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ގަޕޯގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. އެމްޑީޕީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ވާއިރު، ޕާޓީގެ ލީޑަރޝިޕަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި