Sunday, 25 October 2026
Ads by

ތުހުމަތާއެކު، އާޒިމާ ކިޔައިދެއްވީ އައްބާސްއާ އާއިލީ ގޮތުން އޮންނަ ގުޅުން!

ތުހުމަތާއެކު، އާޒިމާ ކިޔައިދެއްވީ އައްބާސްއާ އާއިލީ ގޮތުން އޮންނަ ގުޅުން!

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު އާއި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ ދެމެދު ބަދުއަހުލާގީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ”ހަސަން ކުރުސީ“ ގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ ކާކުކަން ނޭނގޭ އެކައުންޓުން ކުރި ތުހުމަތުތަކަށް އާޒިމާ ހޫނު ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ވަނީ ޕީޖީ އައްބާސްއާއި އާޒިމާ އެކުގައި ތިއްބެވި ފޮޓޯއަކާއެކުގައި އެ ދެބޭފުޅުންގެ މެދުގައި ބަދުއަހުލާގީ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން އާޒިމާ ވަނީ ޕީޖީ އައްބާސްއަކީ، އޭނާގެ ކޮއްކޮއެއް ފަދަ ބޭފުޅެއް ކަމަށް ވިދާޅުވެ، ޕީޖީ އައްބާސްއާ އޮންނަ އާއިލީ ތިމާގެކަން ސާފުކޮށްދީފައެވެ.

އަޒިމާ ވިދާޅުވި ގޮތުގައި އޭނާގެ މަންމަގެ ބައްޕައަކީ ސިނީގެ ޙުސައިން މަނިކެވެ. ޢައްބާސް ޝަރީފްގެ ބައްޕަގެ މާމަ އަކީ ސިނީގޭ ތުއްތު (ސިނީގޭ ފާޠިމަތު މުޙަންމަދު) އެވެ. އެއީ އެއްބަނޑުއެއް ބަފާ ދެބެންނެވެ. ޢައްބާސް ޝަރީފްގެ ބައްޕަފަރާތު ކާފައަކީ ސިނީގެ ޙަސަންމަނިކު (ވައިނުޖެހޭގޭ) ޙަސަންމަނިކު ކަމަށާއި އެއީ ސިނީގެ ތުއްތުގެ އެންމެ ދޮށި ފިރިހެން ދަރިފުޅު ކަމަށް އާޒިމާ ވިދާޅުވިއެވެ.

”އަޅުގަނޑުގެ މަންމަ ގެ ބައްޕަވަނީ މަންމަ ދުނިޔެއަށް އައުމުގެ ކުރިން ނިޔާވެފައެވެ. އެހެންވީމާ މަންމަގެ ކަންކަން ބެލެހެއްޓެވީ އައްބާސް ޝަރީފްގެ ކާފަ ވައިނުޖެހޭގޭ ހަސަންމަނިކެވެ. މަންމަވެސް އަދި އަޅުގަނޑުމެންވެސް ކިޔަނީ ވައިނުޖެހޭގޭ ދޮންބޭބެއެވެ. އަޅުގަނޑުމެން ބޮޑެތިވަމުން އައި އިރު، ދޮންބޭބެއަކީ ވަރަށް މުހިންމު ބޭފުޅެކެވެ. މަންމަގެ ބައްޕަ ފަރާތުން މަންމަގެ ބަލަދުވެރިޔާއެވެ.  ދޮންބޭބެއާއި ދޮންބޭބެގެ ދަރިފުޅު ޢަލީ ޝަރީފްބެ (ޢައްބާސް ޝަރީފްގެ ބައްޕަ) އަކީ ވަރަށްވެސް ގިނައިން މަންމައަށް ޒިޔާރަތްކޮށް މަންމަގެ އަދި އަޅުގަނޑުމެންގެ ކަންކަން އެންމެ ގާތުން ބެއްލެވި ބޭފުޅުންނެވެ. މަންމަ ޔަތީމުވެގެން ދިޔަ ދުވަހުވެސް މަންމަ ދޫކޮށްނުލެއްވި ބޭފުޅުންނެވެ.“ އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އޭނާގެ ދޮންބޭބެގެ ކުދިންނާ އޮންނަނީ ޢާއިލީ ތިމާގެ އަދި ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ދޮންބޭބެގެ ހުރިހާ ކުދިންނަކީވެސް މިގާތްކަން ދަންނަ މިހާރުވެސް ތިމާގެ ކަމުގެ ގުޅުން ބާއްވާ ކުދިން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ޢާއިލާގެ ތެރެއިން އައްބާސް ޝަރީފަކީ އޭނާއަށް ވުރެ ހަގު ކޮއްކޮއެއް ކަމަށާއި މިވަރުގެ ގާތްތިމާގެ މީހަކާ މެދު މިއަދު އެކްސްގައި ޕޯސްޓްކޮށްފައި އޮތް ފަދަ ހަޑި ހުތުރު ވާހަކަތަކެއް ޕޯސްޓްކޮށްފައިވާތީ، އާއިލީ ގާތްމީހުންނަކީ ކޮބައިކަން އާންމުކޮށްލީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

”ބުލީ ކުރުމާއި ހަނގާކުރުމާއި އަދި ފުރާނައަށް ނުރައްކާކުރުމަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރިމަތިކޮށްފައިވާ އަދި ކުރިމަތިލާފައިވާ ކަންކަމެވެ. އެކަމާ ކަންބޮޑުވުމެއް ނެތެވެ. އެކަމަކު އާއިލީ އިންތަކަށް ވަންނަން ފެށީމާ އެއްޗެއް ބުނަންޖެހުނީއެވެ.“ އާޒިމާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ”ހަސަން ކުރުސީ“ އަކީ  ތާއަބަދު އެއްވެސް އަސާސެއް ނެތި، ޙަޤީޤަތް އެނގިހުރެމެ މީހުންގެ އަބުރަށް އަރަައިގަންނަ އެކައުންޓެކެވެ. މީގެ ކުރިންވެސް އެފަދަ ހުތުރު ތުހުމަތުތައް އެ އެކައުންޓުން އެކި ފަރާތްތަކަށް ކޮށްފައިވެއެވެ. މީގެ ކުރިން ދެތިން ފަހަރެއްގެ މަތިން މި އެކައުންޓް ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަލަކް
ބަލަކް
5 މަސް ކުރިން

ކުރުސީއަކީ އޭނައާ އޭނަގެ އައުވާނުނަ ނޫން އެނމެނަޢް މިފަދ ބަސްތައް ބުނަމުންދާމީހެއް ޚާއްސަކޮއް ސަރުކާރުކަމެއްގަ މީހަކު އުޅެންޏާ އެމީހެއްގެ އަބުރު ދުއްވާލަން ހިފާފަހުންނަނީ.

Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި