Wednesday, 9 September 2026
Ads by

މަސައްކަތްތެރިންގެ ފަރާތުން ފެންނަނީ ނަމޫނާ ހިތްވަރެއް، އެފަރާތްތަކުގެ އަގު ވަޒަންކުރަންޖެހޭ: މެޑަމް ސާޖިދާ

މަސައްކަތްތެރިންގެ ފަރާތުން ފެންނަނީ ނަމޫނާ ހިތްވަރެއް، އެފަރާތްތަކުގެ އަގު ވަޒަންކުރަންޖެހޭ: މެޑަމް ސާޖިދާ

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ ހުރިހާ މަސައްކަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

Ad Image
Ads by

މި ދުވަހާ ގުޅިގެން އެކަމަނާ ދެއްވި މެސެޖެއްގައި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ކުރިއެރުމަށް މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތްތަކަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައި، އެފަރާތްތަކަށް އޮތް މަތިވެރި އިޙްތިރާމް ހާމަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވިދާޅުވީ، މަސައްކަތްތެރިންގެ ފަރާތުން ފެންނަނީ ނަމޫނާ ހިތްވަރެއް ކަމަށާއި، ޤައުމުގެ ތަރައްޤީއަށްޓަކައި އެފަރާތްތަކުން ވަމުންދާ ޤުރުބާނީތަކަކީ އަބަދުވެސް ފާހަގަކޮށް، އޭގެ އަގު ވަޒަންކުރަންޖެހޭނެ ކަންކަން ކަމަށެވެ. އަދި މަސައްކަތްތެރިންގެ މި ވަރުގަދަ އަޒުމާއި ހިތްވަރު މިއަދާއި އަބަދުވެސް ފާހަގަކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަށް އުޖާލާ މުސްތަޤްބަލެއް ބިނާކުރުމުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

މަސައްކަތްތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށާއި، ޤައުމުގެ އިޤްތިޞާދާއި ތަރައްޤީގައި އެފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ މަޤްޞަދުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ދަނީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތަކަށް ރަނގަޅު މަސައްކަތުގެ މާޙައުލެއް ބިނާކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި