Sunday, 26 July 2026
Ads by

ޕީސީބީގެ ރައީސްކަމަށް މުޙައްމަދު ނިޒާރު!

ޕީސީބީގެ ރައީސްކަމަށް މުޙައްމަދު ނިޒާރު!

ޕީސީބީގެ ރައީސްކަމަށް އަލަށް އައްޔަންކުރެއްވި މުޙައްމަދު ނިޒާރު--- ފޮޓޯ: ޕީސީބީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު ނިޒާރު އައްޔަންކުރައްވައިފިއެވެ.

Ad Image
Ads by

ޕީސީބީގެ ރައީސްކަމުގެ މަގާމަށް ނިޒާރު އައްޔަންކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު އަނަސް މަގާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ޕީސީބީން މައުލޫމާތު ދީފައިވާ ގޮތުގައި، އަނަސްގެ އިސްތިއުފާ މިހާރު ވަނީ ރަސްމީކޮށް ގަބޫލުކޮށްފައެވެ. އަދި އެ މަގާމުގައި ހުރެ އޭނާ ކޮށްދީފައިވާ ހިދުމަތްތަކަށް ޕީސީބީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޕީސީބީގެ އެންމެ މަތީ އިސްވެރިޔާގެ މަގާމު ނިޒާރު އަދާކުރައްވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް މި މަގާމު ފުރުއްވައި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގަވަރނަންސް އޮނިގަނޑުތައް އެކުލަވާލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައިފައެވެ.

މީގެ އިތުރުން އޭނާ ވަނީ، ދައުލަތުގެ ކުންފުނިތައް މޮނިޓަރކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ރޮނގުން ތިރީސް އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ވެސް ހާސިލުކުރައްވައިފައެވެ.

އަދި ހަމައެހެންމެ، ތައުލީމީ ރޮނގުން ވެސް ނިޒާރަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ (އެމްބީއޭ) ފުރިހަމަކުރައްވައިފައެވެެ. މީގެ އިތުރުން ކޯޕަރޭޓް ގަވަރނަންސްއާއި ގުޅޭ ބައިނަލްއަގުވާމީ ގިނަ ފޯރަމްތަކާއި މަތީ ފަންތީގެ ތަމްރީނުތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި