Wednesday, 9 September 2026
Ads by

”އަދަދު“ ނޫހުގެ މައްސަލަ ބަލަން ފެށީ ރައީސް އަންގަވައިގެނެއް ނޫން: މުންދު

”އަދަދު“ ނޫހުގެ މައްސަލަ ބަލަން ފެށީ ރައީސް އަންގަވައިގެނެއް ނޫން: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި ”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާއި ގުޅިގެން ފުލުހުން ފަށާފައިވާ ތަހުގީގަކީ ރައީސްގެ އެންގެވުމަކަށް ހިންގާ ތަހުގީގެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ބަލަންޖެހޭ މައްސަލަތައް ތަހުގީގުކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ދިވެހި ފުލުހުންގެ ހިދުމަތަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކަށް ކަމަށެވެ.

އަދި މިފަދަ ތަހުގީގެއް ހިންގަން އެ މުއައްސަސާތަކަށް އެންގުމުގެ ގާނޫނީ ބާރު އޮންނަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ”އަދަދު“ ނޫހުގެ ޑޮކިއުމެންޓްރީގެ މައްސަލައާއި ގުޅިގެން ދެ ކަމެއް ބަލަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ގަޒްފުގެ މައްސަލައެއް ވެސް ހިމެނޭ ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

”އަދަދު ނޫހުން އާންމުކުރި ކޮންޓެންޓަކީ ގާނޫނީ ހުދޫދުގެ ތެރެއިން ދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންފާރުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ބަލައި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނީ، އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވެސް އެ ނޫހުގެ ކޮންޓެންޓާ ގުޅޭ މައްސަލައެއް ދަނީ ބަލަމުން،“ – މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ނޫސްތަކުން މި ހަބަރު ރިޕޯޓުކުރުމުގައި، މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އަދަދު“ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ދެއްވި ޖަވާބާ ގުޅުވައިގެން ފުލުހުން ފިޔަވަޅު އެޅި ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށް ފާހަގަކުރައްވައި މުންދު ވިދާޅުވީ، ފުލުހުން ”އަދަދު“ ނޫސް ހިންގާ އޮފީހަށް ވަދެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ފެށީ އެ ބައްދަލުވުމުގެ މާ ކުރިން ޕީޖީ އޮފީހުން އެދިގެން ކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވެސް މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް މުންދު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު