Saturday, 24 October 2026
Ads by

އެމްޑީޕީގެ މެންބަރުން އިހުސާނަށް ރުހުން ދިނުމުން މީކާއިލް ވިދާޅުވީ ތަކުރާރުވިޔަ ނުދޭނެ ކަމަށް!

އެމްޑީޕީގެ މެންބަރުން އިހުސާނަށް ރުހުން ދިނުމުން މީކާއިލް ވިދާޅުވީ ތަކުރާރުވިޔަ ނުދޭނެ ކަމަށް!

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު އަލުން އެކުލަވާލި ކެބިނެޓަށް ރުހުން ދިނުން ކުރިއަށް ގެންދިޔަ ވޯޓުގައި އެމްޑީޕީގެ 8 މެންބަރަކު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ރުހުން ދިނުމުން، އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މީކާއިލް ނަސީމު ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފިއެވެ.

Ad Image
Ads by

އިއްޔެ ބޭއްވި ޖަލްސާގައި މިނިސްޓަރު އިހްސާނަށް ރުހުން ދޭން ދެކޮޅު ހެދީ އެމްޑީޕީގެ ދެ މެންބަރެކެވެ. އެއީ މީކާއިލްއާއި ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންގެ ތެރޭގައި ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުލް ޣަފޫރު މޫސާ، ހުޅުމާލޭ ދެކުނު މެމްބަރު، ޑރ. އަހުމަދު ޝަމްހީދު، ގަލޮޅު އުތުރު މެމްބަރު، މުހައްމަދު އިބްރާހިމް، ކެންދޫ މެމްބަރު، މައުރޫފް ޒާކިރު، މާވަށު މެމްބަރު، އަހުމަދު ޝާކިރު، ކެޔޮދޫ މެމްބަރު، މުހައްމަދު ނިއުޝާދުގެ އިތުރުން މަރަދޫ މެމްބަރު، އަހުމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.

އެ ކަމާ ގުޅިގެން އެކްސްގައި މީކާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރު އިހުސާންއަށް މަޖިލީހުން ރުހުން ދިނުމަށް ނެގި ވޯޓުގައި އޭނާ ވޯޓު ދީފައިވާނީ އެ މަނިކުފާނަށް ރުހުން ނެތް ކަމަށް ކަަށެވެ.

”އެއީ ޑީއެންއާރް ޑޭޓާބޭސްގެ މައްސަލަ އާއި ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު އާންމު ކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ އެތައް ކަމެއްގެ ސަބަބުންނެވެ. އަދި މި އެތެރޭގެ އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ފްރީ ވިޕެއްގެ ދަށުން ވަޒީރަށް ރުހުން އޮތް ކަމަށް ވޯޓު ދީފައިވެއެވެ.“ މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މިނިސްޓަރު އިހުސާނަށް އެމްޑީޕީގެ މެންބަރުންތަކެއް ރުހުން ދިނުމަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅުމެއް އޮވެގެން ނޫން ކަމަށެވެ.

”ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅުގަނޑުގެ ޗެއާޕާސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަމެވެ.“ މީކާއިލް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުން މިނިސްޓަރު އިހްސާނަށް ރުހުން ދެއްވުމުން އެކަމާއި ގުޅިގެން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އިހުސާނަށް އެމްޑީޕީން ތާއިދުކޮށް ވޯޓު ދެއްވުމުން ދިވެހިންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް އިދިކޮޅު ތާއިދު އޮތްކަން ހާމަވާ ކަމަށެވެ.

”އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިފަދަ ހެޔޮ ވިސްނުން އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް.“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ޝުކުރު ދަންނަވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި