Sunday, 26 July 2026
Ads by

ރާއްޖޭގެ 9 ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔު ލިބޭނެ: ޝިޔާމް

ރާއްޖޭގެ 9 ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔު ލިބޭނެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް---

މަސްވެރިންނަށް ހާއްސަކޮށް ރާއްޖޭގެ ނުވަ ސަރަހައްދަކުން ހެޔޮ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ދަތިތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުންނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ތެލަށް ކުރާ ހޭދަ ބޮޑުވެއްޖެނަމަ އެކަމުގެ އުނދޫތައް ކުރިމަތިވަނީ ހަމައެކި މަސްވެރި އާއިލާތަކަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ކަން މިހެން އޮތް އިރު ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މަސްދޯނިތައް މަސް ކަނޑުތަކަށް ނުކުމެ މަސްވެރިކަން ކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން މަސްވެރިންނަށް ހާއްސަކޮށް ހެޔޮ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ އެންމެ ހަތަރު ސަރަހައްދަކުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ އިތުރު ނުވަ ސަރަހައްދަކުން ހެޔޮ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދޭން ފެށިފައިވާ ކަމަށެވެ. އަދި އިތުރު ތިން އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު އިތުރު ނުވަ ސަރަހައްދަކުން މިވަނީ ތެޔޮ ފޯރުކޮށްދޭން ފެށިފައި. ދެން މި ވަގުތު މަސްވެރިކަން އޮތް އަތޮޅުތަކަށް ބަލާއިރު ލ، ތ، މ، މި ތިން އަތޮޅަށް ސޮލިއުޝަންއެއް ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން،“ – މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސަރަހައްދުތައް:
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ބ. އޭދަފުށި
• ފ. ނިލަންދޫ
• ކ. ހިންމަފުށި
• ރ. ދުވާފަރު
• ދ. ކުޑަހުވަދޫ
• ޅ. ފެލިވަރު
• ގއ. ކޫއްޑޫ
• ފުވައްމުލައް ސިޓީ
• އައްޑޫ ސިޓީ ހުޅުމީދޫ
• ހުޅުމާލެ ޖެޓީ

ފާހަގަކޯށްލެވޭ ގޮތުގައި މި ސަރުކާރުން އަންނަނީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްދީ، މަސްވެރިން އެދޭ ގޮތަށް ކަންކަން ކޮށްދެވޭނެ ގޮތްތަށް ހޯދައި ބަލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި