Wednesday, 9 September 2026
Ads by

“ބިންވެރިޔާ“ ޚާއްޞަ ސްކީމުގެ ކެޓަގަރީ 3 އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހު ހުޅުވާލަނީ

“ބިންވެރިޔާ“ ޚާއްޞަ ސްކީމުގެ ކެޓަގަރީ 3 އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހު ހުޅުވާލަނީ

”ބިންވެރިޔާ“ ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހުގެ 10 ވަނަ ދުވަހު ހުޅުވާލަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ނިންމައިފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 10 މޭ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 31 މޭ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

”ބިންވެރިޔާ“ ޚާއްޞަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން ޕްރޮގުރާމު ހިންގުމަށްޓަކައި އެކުލަވާލާފައިވާ އުސޫލު ނަންބަރު: 13-ޖީ/2026 (އުސޫލު ނަންބަރު 4-ޖީ/2026، ”ބިންވެރިޔާ“ ޚާއްޞަ ސްކީމާ ގުޅޭ އުސޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 29 އެޕްރީލް 2026 ގައެވެ.

މި އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފުރުސަތު ލިބިގެންދަނީ އުސޫލު ނަންބަރު 19-ޖީ/2022 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ކުރިން ކުރިމަތިލާފައިވާ ފަރާތްތަކަށެވެ. އެގޮތުން، ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުން ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށްލުމަށްފަހު، ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި ފަހަރު ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި