Sunday, 26 July 2026
Ads by

ސުޕްރީމް ކޯޓުގެ ނިންމުމަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް: ޕީއެންސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށްޓަކައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނައި 6 ވަނަ އިޞްލާޙު ދުސްތޫރީ ގޮތުން ޞައްޙަ ކަމަށް ކަނޑައަޅައި، އެ އިޞްލާޙު ނެގެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ކިޔައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވުނު މި އިޞްލާޙުގެ ދަށުން، މެންބަރުން އިންތިޚާބުކުރި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ސިޔާސީ ޕާޓީ ބަދަލުކުރުން ދުސްތޫރީ ގޮތުން މަނާވާނެ ކަމަށެވެ. އަދި މި އިޞްލާޙު ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ މުހިއްމު ނުކުތާތަކަށް އަލިއަޅުވާލަމުން ޕީއެންސީން ބުނީ، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކާއި، ރާއްޖެ ފަދަ ރިޔާސީ ނިޒާމުތަކުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް ޢަމަލުކުރާ ޤައުމުތަކުގައިވެސް ތަންފީޒުކުރަމުންދާ އުޞޫލެއްކަން ކޯޓުން ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މި އުޞޫލުގެ ސަބަބުން މަޖިލީހުގެ އިސްތިޤުރާރު ހިފެހެއްޓި، ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫނެވެ. އަދި މެންބަރުން މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑަށް ގެނައި މި ބަދަލަކީ، ރައްޔިތުން ދީފައިވާ އިންތިޚާބީ މެންޑޭޓުގެ އަސްލަށް ބަދަލެއް ނުވަތަ އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭނެ އިޞްލާޙެއް ކަމަށްވެސް ޙުކުމުގައިވެއެވެ.

ޕީއެންސީން އިތުރަށް ބުނީ، ޕާޓީ ބަދަލުކުރުން މަނާކުރުމަކީ މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރުކޮށް، ރައްޔިތުންނަށް ޖަވާބުދަރީވުން އިތުރުކުރުމަށް އެހެން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައިވެސް ކުރާ ކަމެއް ކަމަށެވެ. ސަރުކާރުން މި އިޞްލާޙު ހުށަހަޅައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން މިއިޞްލާޙު ފާސްކުރީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ، ނަޒާހަތްތެރި މަޖިލީހެއް ބިނާކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް އެ ޕާޓީން ބުނެއެވެ.

”ރައީސުލްޖުމްހޫރިއްޔާ އަދި މި ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިޞްލާޙުކުރައްވައި، ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމެވެ،“ ޕީއެންސީގެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި