Saturday, 24 October 2026
Ads by

އިންތިޚާބަކާ ނުލާ އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އިންތިޚާބަކާ ނުލާ އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ލިބިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ:އެމްޑީޕީ

އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަމައެކަނި ފަރާތަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވުމުން، އިންތިޚާބަކާ ނުލާ އެ މަޤާމު އޭނާއަށް ލިބިވަޑައިގެންފިއެވެ.

Ad Image
Ads by

ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެފަހުން އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހަމަޖައްސާފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ އަންގާރަ ދުވަހު ހުޅުވާލި ފުރުސަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވިއިރު، މަޤާމަށް ކުރިމަތިލައްވާފައިވަނީ ޝާހިދު އެކަންޏެވެ. އެހެންކަމުން އިންތިޚާބަކާ ނުލާ އެ މަޤާމަށް ޝާހިދު ހޮވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ޝާހިދަށް އެ މަޤާމު ލިބިވަޑައިގަތުމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމުގެ ޒިންމާ އާ ހަވާލުވެވަޑައިގަންނަވަނީ ޕާޓީގެ މެންބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.

”އިރާދަކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ،“ – އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދުގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޑީއާރުޕީންނެވެ. އެ ޕާޓީ ދޫކުރައްވާ އޭނާ އެމްޑީޕީ އާ ގުޅިވަޑައިގެންފައި ވަނީ 2013 ވަނަ އަހަރުގެ އެޕްރީލްމަހުއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި އިބްރާހިމް އިސްމާއިލާއި ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރުގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ހިމެނިވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި