Wednesday, 9 September 2026
Ads by

ރާއްޖެއަށްވުރެ ބޮޑަށް އަސާސީ ހައްގުތައް ކަށަވަރުވެފައިވާ ގައުމެއް މަދުވާނެ: މުންދު

ރާއްޖެއަށްވުރެ ބޮޑަށް އަސާސީ ހައްގުތައް ކަށަވަރުވެފައިވާ ގައުމެއް މަދުވާނެ: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް---

ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރާއްޖެއަށް ވުރެ ބޮޑަށް އަސާސީ ހައްގުތައް ކަށަވަރުވެފައިވާ ގައުމެއް މަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު އިލްޒާމު އަޅުވައި ”އަދަދު“ ނޫހުން ގެނެސްދީފައިވާ ”އައިޝާ“ ޑޮކިއުމެންޓްރީއާއި ގުޅިގެން އެމްއެމްޓީވީގެ ”ބޮޑު ޚަބަރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މުންދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހައްގުތަކެއް ކަށަވަރުކޮށްދީފައިވާ ކަމަށާއި، ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރާއްޖެއަށް ވުރެ ބޮޑަށް އަސާސީ ހައްގުތައް ކަށަވަރުވެފައިވާ ގައުމެއް މަދުވާނެ ކަމަށެވެ.

”ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދޭ ހައްގުތަކެއް އެބަވޭ، ސިޔާސީ ހައްގުތަކެއް އެބަވޭ، އެއްވެ އުޅުމުގެ މިނިވަންކަން އޮވޭ އަޅުގަނޑުމެންނަށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮވޭ، އަޅުގަނޑުމެންނަށް އާއިލާއެއް ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްގެން ގެންގުޅުމާއި އަޅުގަނޑުމެންގެ ގެދޮރުވެރިކަމާއި ގެދޮރުގެ ހުރުމަތާއި އަދި އަޅުގަނޑުގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގާއި މިކަހަލަ ހައްގުތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދުނިޔޭގައި ވަކި އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ އަސާސީ ހައްގާއި ބެހޭ ބައި ފުޅާ ގައުމެއް މަދުވާނެ، ނެތޭ ދެންނެވިއަސް ދޮގަކަށް ނުވާނެ،“ – މުންދު ވިދާޅުވިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، ސަރުކާރު ހިންގުމާއި ހިސާބުން ފެށިގެން އާންމު ދިރިއުޅުމާއި ހަމައަށް ކަންކަން ބައްޓަންކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގެ މަތިވެރި އަސާސްތަކުގެ މަތީގައި ކަމަށެވެ. އެގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު ނުވަތަ ޤަޒުފުކޮށްފި ނަމަ، ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، އެފަދަ އަމަލުތައް ކުރުމަކީ ކުށެއްކަން ގާނޫނުއަސާސީން އެނގެން އޮންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވީތީ، ގާނޫނާއި ގަވާއިދުތަކުން އަދި އިލާހީ ގާނޫނުގެ ތެރެއިން މިފަދަ ކަންކަމުގައި އިސްތިސްނާ ނުވާނެކަން ފާހަގަކުރައްވަމުން މުންދު އިތުރަށް ވިދާޅުވީ، މީޑިއާތަކާއި ނޫސްވެރިން ވީތީ ގާނޫނާއި ގަވާއިދުތަކުން އިސްތިސްނާ ނުވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު