Sunday, 26 July 2026
Ads by

ފިއުލް ސްޓޯރޭޖު ތަރައްގީކުރުމަށް މާލެ ކައިރިން 2 ފަޅެއް ބަލަނީ

ފިއުލް ސްޓޯރޭޖު ތަރައްގީކުރުމަށް މާލެ ކައިރިން 2 ފަޅެއް ބަލަނީ

ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފިއުލް ސްޓޯރޭޖު ތަރައްގީކުރުމަށް މާލެ ކައިރިން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒަމީރު މި މޭރުމުން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެ ކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް، ނޭޝަނަލް އޮއިލް ރިޒާވް ގާއިމްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފިއުލް ސްޓޯރޭޖް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީ ސަރަހައްދެއްގައި ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިއުލް ސްޓޯރޭޖް ތަރައްގީކުރުމަށް ތަނެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

”މިހާރު ރޭވިފައި އޮތީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން، ފުރަތަމަ ފިޔަވަހީގައި މާލެ ކައިރި ސަރަހައްދުން މި ވަގުތު އެސްޓީއޯ އިން ދެ ފަޅެއްގެ ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ، އެތަނުން ކުރަން ޖެހޭނެ ސާވޭ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށާނެ އަންނަ ހަފުތާގައި، މިހާރު މެޕް ބަލައިގެން އައިޑެންޓިފައި ކޮށްފައި ވަނީ،“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މާލެއާއި ކައިރި ސަރަހައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފިއުލް ސްޓޯރޭޖުގެ ޑިޒައިނާއި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި މަޝްރޫއުގެ ފީސިބިލީޓީގެ މަސައްކަތް ކުރާނެ ގޮތް ވެސް ރާވައި، ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ޕްލޭން އެކުލަވާލައި ނިންމައި ރައީސް މުޢިއްޒަށް ހުށަހަޅާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި