Saturday, 24 October 2026
Ads by

”ޤަޛްފް“ ޑޮކިޔުމެންޓްރީ މައްސަލަ: އިންޓަވިއުދިން އަންހެނާގެ މައުލޫމާތު ހާމަނުކުރާނެކަމަށް ބުނެ ފިޔާޒުވެސް ހަނު !

”ޤަޛްފް“ ޑޮކިޔުމެންޓްރީ މައްސަލަ: އިންޓަވިއުދިން އަންހެނާގެ މައުލޫމާތު ހާމަނުކުރާނެކަމަށް ބުނެ ފިޔާޒުވެސް ހަނު !

”އަދަދު“ ނޫހުން އާންމުކުރި ”ޤަޛްފް“ (އައިޝާ) ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގަށް ހާޒިރުކުރުމުން، އެ ނޫހުގެ ސީއީއޯ މުޙައްމަދު ފިޔާޒު ވެސް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފިއެވެ.

Ad Image
Ads by

މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ، އޭނާ ހަނު ހުރުމުގެ ހައްގު ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ނޫސްވެރިންނަށް މަސްދަރުތަކުން ދޭ މައުލޫމާތަކީ ރައްކާތެރިކަމާއެކު ބަލަހައްޓާނެ މައުލޫމާތެއްކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

”އަޅުގަނޑުމެން އުމުރުދުވަހު ޖަލުގައި އޮންނަންޖެހުނަސް މަސްދަރު ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން. ޖަލަށް ލިޔަސް މަސްދަރު ހާމައެއް ނުކުރާނަން،“ ފިޔާޒު ބުންޏެވެ.

މި މައްސަލައަކީ ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިޔުމެންޓްރީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފައިވާ މައްސަލައެކެވެ. މިކަމާ ގުޅިގެން ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

މި މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖުމްލަ 6 މީހެއްގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރެއިން މިހާތަނަށް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ޙަސަން މުޙައްމަދާއި ސީއީއޯ ފިޔާޒު މޫސާއެވެ. މިއަދު ހަސަން މުހައްމަދު ވެސް ވަނީ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ އަބުރު މައްސަލައެއްގެ ގޮތުގައި ނޫން ނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައެވެ. ނަމަވެސް ނޫސްވެރިން ބުނަމުންދަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ހިންގާ އަމަލެއް ކަމަށެވެ.

ހުސްވި މާރިޗު މަހުގެ 28 ވަނަ ދުވަހު ”އައިޝާ“ ގެ ނަމުގައި އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއެއްގައި އެއްވެސް ހެއްކެއްނެތި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އަންހެނަކު ދެއްކި ވާހަކައަކަށް އޭއައިބޭނުން ކޮށްގެން ވީޑިއޯ އުފައްދާ އެކަމަށް އަމިއްލައަށް އިއުތިރާފްވުމުން މި މައްސަލަ ތަހުގީގު ކުރަން ފަށާ މިއަދުގެ ހެނދުނު 08:30 އަށް އެނޫހުގެ ނޫސްވެރިޔާ ހަސަން ފުލުހުންގެ ސާޖަންޓު އާދަމް ހަލީމް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވީ އޭނާގެ ވަކީލު ސައްޔާހާ އެކުގައެވެ.

މި މައްސަލައިގައި ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ، 2024 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯ ރިޕޯޓެއް ޝާއިއުކުރުމުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ހަލުވިކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.

މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުން ވަނީ ޗިޓު ފޮނުވާފައެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ، އަދަދުނޫހުން އެކަމަށް އިއުތިރާފްވެ ތަހުގީގު ނުކޮށްގެން ކަންބޮޑުވުން ފާޅުކޮށް ރައީސްއަށް ސުވާލު އަމާޒުކުރުމުން، ޑޮކިއުމެންޓްރީގައި ހުރި ތުހުމަތުތައް ރައީސް މުޢިއްޒު ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

މި ޑޮކިއުމެންޓްރީއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަދަދު ނޫހަށާއި އެ ނޫހުގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. އަދި ހެކި ނެތި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ތުހުމަތެއްކޮށް އަބުރު ކަތިލުމަކީ ނޫސްވެރިކަން ނޫންކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މި ކަމާއި ގުޅިގެން އަދަދު ނޫހަށާއި އެ ނޫހުގެ އިސްވެރިންގެ އިތުރުން އެ ނޫހަށް އިންޓަރވިއު ދިން ”އައިޝާ“ އަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް އެ ނޫހުން މަސްދަރު ހާމަކުރުމާ ދެކޮޅު ހަދަމުންދާ ދިއުމުން މިއީ ކުޅެފައިވާ ދޮގު ފިލްމެއްކަމަށް މިވަނީ ޤަބޫލުކުރަން ޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މަރިޔަމ ީބރަހިމ
މަރިޔަމ ީބރަހިމ
5 މަސް ކުރިން

ދޮގުހަދާފަ ކިހިނެއްތޯ ޖަވާބެއް ދޭނީ

Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި