Sunday, 25 October 2026
Ads by

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިގެ %10 ވާނީ ކުޑަކޮށްފައި: ޒަމީރު

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިގެ %10 ވާނީ ކުޑަކޮށްފައި: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒަމީރު މި މޭރުމުން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެ ކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ މުސާރަ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ މުވައްޒަފުންގެ މުސާރަ 10 އިންސައްތަ ކުޑަކޮށްފައިކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑަށް ހީވަނީ ޖަނަވަރީ 2025 އިން ފެށިގެން އޮންނާނީ 10 އިންސައްތަ ދަށްކޮށްފައި ހެން އޭރު ދެމުން އައި މުސާރައަށްވުރެ، އެހެންވީމަ އިތުރުވަމުން ނުދާނެކަމުގެ ޔަގީންކަން އެބައޮތް،“ – މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މުސާރައަށް ދައުލަތުން ކުރާ ހަރަދުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ މުސާރައަށް ދައުލަތުން ހަރަދު ކުރަނީ ދައުލަތުގެ ޖުމުލަ ހަރަދުގެ އެންމެ 0.9 އިންސައްތަ ކަމަށެވެ. މުޅި ދައުލަތުގެ ޕޭރޯލްއަށް ބަލާއިރު އެއީ 3.9 އިންސައްތައެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީއަށް މިހާރު އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ ދެފުށް ފެންނަ ގޮތެއްގައި އިއުލާނުކޮށްގެން ކަމަށާއި، ސިޔާސީ ނުފޫޒުން މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި